Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޞިއްޙީ ވުޒާރާ

ދެ ހޮސްޕިޓަލެއް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމަށް ހަވާލުކޮށްފި

ޓާޝަރީ ހޮސްޕިޓަލް ފެންވަރަށް ހިދުމަތް ފޯރުކޯށްދިނުމަށް ބޭނުންވާނެ ހުރިހާ ހިދުމަތްތަކެއް ދެ ހޮސްޕިޓަލެއްގައި ގާއިމްކުރުމަށް ހެލްތު މިނިސްޓްރީން ސަރުކާރުގެ ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި ޅ. ނައިފަރު ހޮސްޕިޓަލް ޑިޒައިން އެންޑް ބިލްޓު އުސޫލުން އަޅަން ހަވާލުކޮށްފައިވަނީ އާރުޑީސީ އަދި އެމްޓީސީސީއާއެވެ.

ރ. އުނގޫފާރު ހޮސްޕިޓަލް ގެ އައު އައު އިމާރާތުގެ މަސައްކަތާއި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އަދި ނައިފަރު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އާރްޑީސީ އާއެވެ.

  • ރ. އުނގޫފާރު ހޮސްޕިޓަލް
  • - 540 ދުވަސް ތެރޭގައި ނިންމާ ގޮތަށް
  • - ޕްރޮޖެކްޓެގެ ޖުމުލަ އަގަކީ 161,245,343.52 ރުފިޔާ
  • - ޓާޝަރީ ހޮސްޕިޓަލްގެ ފެންވަރަށް ހިދުމަތް ފޯރުކޯށްދިނުމަށް ބޭނުންވާނެ ހުރިހާ ހިދުމަތްތަކެއް ގާއިމްކުރާނެ
  • ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް
  • - 540 ދުވަސް ތެރޭގައި ނިންމާ ގޮތަށް
  • - ޕްރޮޖެކްޓެގެ ޖުމުލަ އަގަކީ 147,437,634.2 ރުފިޔާ
  • - ޓާޝަރީ ހޮސްޕިޓަލްގެ ފެންވަރަށް ހިދުމަތް ފޯރުކޯށްދިނުމަށް ބޭނުންވާނެ ހުރިހާ ހިދުމަތްތަކެއް ގާއިމްކުރާނެ

މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އަދި ހެލްތުގެ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމްއެވެ.

  • ޅ. ނައިފަރު ހޮސްޕިޓަލް
  • - އެއް އަހަރު ދުވަހުގެ ތެރޭ ނިންމާ ގޮތަށް
  • - ޕްރޮޖެކްޓެގެ ޖުމުލަ އަގަކީ 7,711,200.00 ރުފިޔާ
  • - ލޭބަރޫމް ކޮމްޕްލެކްސް އަދި އައިސީޔޫ އަޕްގްރޭޑް ކުރާނެ

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފު އަދި އާރުޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހު އަލީ ނަސީރެވެ.

އެއްބަސްވުންތަކުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ ރީޖަނަލް ދެ ހޮސްޕިޓަލު ނިމުމުން ޓާޝަރީ ފެންވަރަށް ބޭނުންވާނެ ހުރިހާ ހިދުމަތެއް އެ ތަންތަނުގައި ގާއިމްކުރެވޭނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އިތުރު ރަށްރަށުގައި ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތައް އަޅަން ހަވާލުކުރާނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ