Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޞިއްޙީ ވުޒާރާ

އޭއެމްއާރު ސްޓިއަރިން ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފި

އެންޓިމައިކްރޮބިއަލް ރެސިސްޓެންސް (އޭއެމްއާރު) ސްޓިއަރިން ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.
މި ކޮމެޓީއަކީ 2024 އިން ފެށިގެން 2029 ގެ ނިޔަލަށް އެކުލަވާލާފައިވާ ނޭޝަނަލް އެންޓިމައިކްރޮބިއަލް އެކްޝަން ޕްލޭން ތަންފީޒުކުރުމަށް އެކުލަވާލާފައިވާ ސްޓިއަރިން ކޮމެޓީގެ ބައްދަލުވުމެކެވެ.

މި ބައްދަލުވުން ޗެއާ ކުރެއްވީ ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމް އިބްރާހީމްއެވެ.

މި ބައްދަލުވުމުގެ ބޭނުމަކީ އޭ.އެމް.އާރް ގެ މައްސަލައަށް ޙައްލު ހޯދުމަށްޓަކައި ސިއްޙީ ދާއިރާ އާއި ދަނޑުވެރިކަމުގެ ދާއިރާ އާއި ތިމާވެށި މެނޭޖްކުރުމުގެ ދާއިރާއިން އެންމެން ގުޅިގެން މަސައްކަތް ކުރުމެވެ.

މި ބައްދަލުވުމުގައި ސްޓިއަރިން ކޮމެޓީގައި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް، ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތާރިގް އިބްރާހީމް، އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ކޮމެޓީގެ ބޭނުމަކީ، މި މަސައްކަތުގައި ހިއްސާވާ ހުރިހާ ފަރާތްތަކުން ގުޅުންތައް ޤާއިމުކޮށް، ޢިލްމާއި ވަޞީލަތްތައް ހިއްޞާކޮށް، "ވަން ހެލްތު އެޕްރޯޗް" ކާމިޔާބު ކަމާއެކު ތަންފީޒު ކުރުމެވެ. މީގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި އޭއެމްއާރު އިންޓަރވެންޝަންތަކަށް އެހީތެރިވުމަށް މާލީ ގޮތުން އެހީތެރިވުންވެސް ހިމެނެއެވެ.
މިއަދުގެ ބައްދަލުމުގައި އޭއެމްއާރު އާއި ބެހޭ ޕްރެޒެންޓޭޝަނަކާއި އެކު މަލްޓި ސެކްޓަރ އެންގޭޖްމަންޓްގެ މުހިންމުކަމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ރާއްޖޭގެ މިހާރު އޮތް އޭއެމްއާރުގެ ހާލަތުގެ މިހާރު އޮތް ގޮތުގެ ސްނެޕްޝޮޓެއް ވެސް ވަނީ ހިއްސާކޮށްފައެވެ. އަދި ކަމަށް ހުރި ގޮންޖެހުންތަކާއި އެކަމުން އަރައިގަތުމަށް ކުރާނެ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝަވަރާކޮށްފައެވެ.
އޭއެމްއާރު ކޮމެޓީގެ އަމާޒަކީ ސިއްހަތާއި، ދަނޑުވެރިކަމާއި، ތިމާވެށްޓާއި، އިޖުތިމާއީ ދާއިރާތަކުގެ ތެރެއިން އެންމެން އެކުުގައި މަސައްކަތްތަކެއް ކޮށްގެން، މިކަމުގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން އަމަލުކުރާނެ ގޮތަކާއި މެދު ގޮތެއް ނިންމުމެވެ.

އެންޓި މައިކްރޯބިއަލް ރެސިސްޓަންސާ ގުޅޭ ޤައުމީ އެކްޝަން ޕްލޭން 2024-2029 އިފްތިތާޙްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

މި ލިއުމާއި ގުޅޭ