Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑީވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން

ސިއްހީ މުވައްޒަފުންގެ އިތުރުގަޑީގެ އުޖޫރަ ކެޕްކޮށްފައި ވާތީ ކަންބޮޑުވުން ފާޅުކޮށްފި

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ރަސްމީ ގަޑީގެ ބޭރުން ކުރާ އިތުރު ގަޑީގެ އުޖޫރަ ދިނުމުގައި ދައުލަތުގެ ޕޭ ފްރޭމްވޯކުގައި ކެޕްކޮށްފައި ވާތީ ސިއްހީ ހިދުމަތްތެރިންގެ ޖަމިއްޔާ، މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ)އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިއަދު ނެރުނު ބަޔާނެއްގައި، ހެލްތު މިނިސްޓްރީ އަދި މާލޭ ގްރޫޕްސް އޮފް ހޮސްޕިޓަލްސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކޮންމެ މަހަކު އިތުރުގަޑީގެ އެލަވަންސްގެ ގޮތުގައި ދެވޭނެ އެންމެ ގިނަ މިންވަރު ކަނޑައަޅާފައިވާތީ، މުވައްޒަފުންނަށް އިތުރު ގަޑީގެ ގޮތުގައި ލިބެން ޖެހޭ ހަމަ އުޖޫރަ ލިބެމުން ނުދާތީ އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ޖަމިއްޔާގެ ބަޔާނުގައި، ސަރުކާރު ބަންދު ދުވަސްތަކުގައި މުވައްޒަފުން ލައްވައި މަސައްކަތް ކުރުވާނަމަަ ދޭން ޖެހޭ އެލަވަންސް، ވަަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުގެ މަތިން ދިނުމަށް ވެސް ވަނީ ގޮވާލާފަ އެވެ. އަދި ސިއްހީ މުވައްޒަފުން ލައްވައި ރަސްމީ ގަޑީގެ ބޭރުން މަޖުބޫރުން މަސައްކަތް ކުރުވުން ނިމުމަކަށް ގެނައުމަށާއި، އިތުރު ގަޑީގެ ފައިސާ ދިނުމުގައި ދައުލަތުގެ ޕޭ ފްރޭމްވޯކުގައި މިހާރު ކަނޑައަޅާފައިވާ %10ގެ ކެޕް އުވާލުމަށްވެސް ގޮވާލާފައި ވެއެވެ.

ރަސްމީ ގަޑީގެ އިތުރުން މަސައްކަތް ކުރާ ހުރިހާ ވަގުަތަކަށް އެލަވަންސް ދޭން ޖެހޭ ކަމަށާއި، މި އެލަވަންސް އެންމެ ފުރިހަމައަށް ދޭން ވީހާވެސް އަވަހަކަށް ފެށުމަށް ވަނީ ގޮވާލާފަ އެވެ. އަދި 1 މޭ 2023 އިން ފެށިގެން މިހާތަނަށް މިގޮތަށް ނުދީ ހިފަހައްޓާފައި ވަނީ އިތުރު ގަޑީގެ ހުރިހާ ފައިސާއެއް މުވައްޒަފުންނަށް ދިނުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.

ކަނޑައެޅިފައިވާ މިންގަނޑުތަކާ ހިލާފަށް މުވައްޒަފުން ލައްވައި މަސައްކަތް ކުރުވައިގެން ނުކުންނަ ނޭދެވޭ ނަތީޖާގެ ޒިންމާ އުފުލަން ވާނީ އެގޮތަށް މަސައްކަތްކުރުވާ ފަރާތްތަކުން ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ވެސް އިދާރާތަކަށް އަންގާފައިވާކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ. މިހެން ކަން އޮތް ނަމަވެސް ސިއްހީ މަސައްކަތްތެރިން ލައްވައި އެ މިންގަނޑާ ހިލާފަށް މަސައްކަތް ކުރަން ޖެހޭ ފަދަ ގޮތަކަށް އިދާރާތަކުން އަމަލުކުރަމުންދާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

މި ލިއުމާއި ގުޅޭ