Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލިއްޔަތު ކޮމިޓީ

ސަރުކާރަށް ފައިސާ ނުދައްކާ ކުންފުނިތަކަށް މަޝްރޫއުތައް ނުދޭން ފާސްކޮށްފި

ސަރުކާރުގެ ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަންޖެހިފައިވާ އެއްވެސް ކުންފުންޏަކަށް ސަރުކާރުގެ އިތުރު މަޝްރޫޢުތައް ހަވާލުނުކުރުމަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މި ނިންމުން ނިންމާފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އެކި ކުންފުނިތަކުން 1.4 ބިލިއަން ރުފިޔާ ދައްކަންޖެހި، އެ ފައިސާ ނުދައްކާ އޮތް މައްސަލައާ ގުޅިގެން ކޮމިޓީން ތައްޔާރުކުރި ރިޕޯޓުގައެވެ. މި ރިޕޯޓުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ހުށަހެޅުންތައް ހިމަނާފައިވެއެވެ.

ކޮމިޓީން ފާސްކުރި މުހިންމު އެއް ހުށަހެޅުމަކީ ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޮޑެތި އަދަދުން ފައިސާ ދައްކަންޖެހިފައިވާ ފަރާތްތަކަށް އައު މަޝްރޫޢުތައް ހަވާލުނުކުރުމެވެ. މީގެ އިތުރުން، އެފަދަ ކުންފުނިތަކަށް މަޝްރޫޢުތަކަށް ބިޑްކުރުމުގެ ފުރުސަތު ނުދިނުމަށްވެސް ވަނީ ހުށަހަޅާފައެވެ.

މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވީ ނަސަންދުރަ ތަރައްގީކުރި ކުންފުނި އެންޕީއެޗްއިން ހުޅުމާލޭގައި ހެދި އަކުއާ ވިޓާ ފްލެޓްތަކުގެ ބިމުކުލި ނުދައްކާ އޮތުމާއެކު، އެ ފައިސާ ދެއްކުމާމެދު އެއްބަސްވުމަކަށް އާދެވެންދެން ނަސަންދުރަ ހިންގުމުގެ ހުއްދަ ދިނުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ.

އެންޕީއެޗްއިން އެޗްޑީސީއަށް ދައްކަންޖެހޭ ފައިސާއާއި ޖޫރިމަނާގެ ގޮތުގައި މިހާރު 244 މިލިއަން ރުފިޔާ އަރާފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި މުހިންމު ހުށަހެޅުން ކޮމިޓީއަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާޢުއެވެ. މި ނިންމުން ވަނީ ކޮމިޓީއަށް ހާޒިރުވި ހުރިހާ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައެވެ.

ސަރުކާރުގެ ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަންޖެހިފައިވާ އެއްވެސް ކުންފުންޏަކަށް ސަރުކާރުގެ އިތުރު މަޝްރޫޢުތައް ހަވާލުނުކުރުމަށް އަންގަން ކޮމެޓީން ފާސްކޮށްފައިވާއިރު އަމިއްލަ ކުންފުނިތަކުން، ސަރުކާރަށް ފައިސާ ދައްކާއިރު ސަރުކާރުން އެ ކުންފުނިތަކަށް ދައްކަން ހުރި ފައިސާ ކެނޑުމަށް ފަހު ފައިސާ ދެއްކޭނޭ އިންތިޒާމެއް ހަމަޖެއްސުމަށް ލަފާދިނުމަށް ވެސް އެ ކޮމެޓީން ވަނީ ނިންމާފައެވެ.

މި ލިއުމާއި ގުޅޭ