ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) ގެ ބޯޑަށް މުހައްމަދު ވަހީދު މިއަދު އައްޔަނުކޮށްފި އެވެ.
ޕީސީބީ އިން މިކަން ހާމަކޮށް ބުނީ އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށް މުހައްމަދު ވަހީދު، ހއ. ފިއްލަދޫ، މަބުސްތާނު، އައްޔަނުކޮށްފައިވާ ކަމަށެވެ.
ކުރިން ވަހީދު ހުންނެވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އެޗްޑީސީ ގެ ބޯޑުގައެވެ. ވަހީދު އެޗްޑީސީގެ ބޯޑަށް އައްޔަންކުރީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ވަހީދު އެ މަގާމުން ވަކިކޮށްފައިވަނީ މި މަހުގެ ހަ ވަނަ ދުވަހުގައެވެ. އަދި ވަހީދު ވަނީ މީގެ ކުރިން ވެމްކޯއާއި ހައުސިންގް މިނިސްޓްރީގައި އިސް މަޤާމުތަކެއް އަދާކުރައްވާފައެވެ.