ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލް ތުރުކިޔޭ އަށް ވަޑައިގެންފިއެވެ.
މި ފޯރަމްގައި "ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް" ގެ ނަމުގައި ބާއްވާ ޕެނަލް ޑިސްކަޝަންގައި ޚާރިޖީ ވަޒީރު ޑރ ޚަލީލް ބައިވެރިވެވަޑައިގަތުމަށް ވަނީހަމަޖެހިފައެވެ. މިނިސްޓަރު ޚަލީލް
މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ރަޙްމަތްތެރި ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާ މި ފޯރަމްގެ ހަވާސާގައި ބައްދަލުކުރެއްވުމަށް ވެސްވަނީ ހަމަޖެހިފައެވެ. އަންތާލިއާ ޑިޕްލޮމަސީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަކީ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ގޮންޖެހުންތައް ޙައްލުކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކޮށް މަޝްވަރާއާއި އެއްބާރުލުންދޭކަން ހާމަވެގެންދާ ކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ޚަލީލް މި ހަފުތާގައި މަލްޓާއަށް ވެސް ވަނީ ވަޑައިގެންފައެވެ. މިނިސްޓަރު ވަނީ މި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބާއި ފޮރިން މިނިސްޓަރު އިއަން ބޯގްއާ ބައްދަލުކުރައްވާފައެވެ. އަދި އެ ބޭފުޅުންނާއި ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުން ބަދަހި ކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައިވެއެވެ.