މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށްޓަކައި 10 ނަމެއް، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ރައީސް ޑރ. މުއިއްޒު ވަނީ ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލެއްވި މީހުންގެ ތެރެއިން އެމަނިކުފާނު އެ މަގާމަށް އައްޔަން ކުރައްވަން ބޭނުންފުޅުވާ ތަރުތީބުން ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ.
އެމަނިކުފާނު ވަނީ މަޖިލީހަށް 10 ފަރާތެއްގެ ނަން ފޮނުއްވާފައެވެ.
ރައީސް ފޮނުއްވާފައިވަނީ:
- - އަލްއުސްތާޛާ އައިމިނަތު ޝިޔާނާ، މ. ފަތަހަ
- - އިބްރާހީމް އަޝްރަފް، ވ. މަޝްވެލި
- - މޫސާ ރިޟްވާން، މ. ހާވިލާ
- - ޢަލީ ޔޫސުފް، ބާރަނާ/ ޅ. ހިންނަވަރު
- - ޒީނާ ޒާހިރު، އަތިރީގެ/ ގދ. ގައްދޫ
- - އަހުމަދު ޒާހިރު، ހ. ސަންދަލީގެ
- - ޒަމްއަތު އަހުމަދު ވަހީދު، މަލަ/ ގދ. ތިނަދޫ
- - މުޙައްމަދު ޝަމީމް، ހ. ޕްރެޓީވިލާ
- - ޝިމްލާ އަހުމަދު، އާޝްޓްރަލްގެ/ ސ. ހިތަދޫ
- - ފާތިމަތު ޒަޢީމާ، އޯކިޑްމާގެ/ ށ. ފީވައް
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ނަންތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިހާރު ވަނީ ފޮނުއްވާފައެވެ.
ބްރޯޑްކޮމްއަށް މެންބަރަކު އައްޔަން ކުރަނީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާއާ ގުޅިގެން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޮމިޝަނުންގެ މެންބަރުކަމުން ވަކިކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފަށާފައިވަނިކޮށެވެ.
ބްރޯޑްކޮމްގައި ތިއްބަވަނީ ހަތް މެންބަރުންނެވެ. އެ ކޮމިޝަނަށް ނަގާ މެންބަރުންގެ ދައުރަކީ ފަސް އަހަރު ދުވަހެވެ.