Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާ

މި އަހަރު ފަތުރުވެރި ކަމަށް 1،290 އެނދު އިތުރުކުރެވޭނެ: ތާރިގު

މިއަހަރުގެ ތެރޭގައި ފަތުރުވެރި ކަމަށް މުޅިން އަލަށް 1،290 އެނދު އިތުރުކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ލަފާކުރައްވައިފިއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ޞޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިވަގުތު ރާއްޖޭގައި ދިވެހި ބްރޭންޑުތަކުގެ ނަމުގައި 65 ރިސޯޓު އޮޕަރޭޓު ކުރަމުން އަންނަ އިރު، ބައިނަލްއަގުވާމީ ބްރޭންޑުތަކުން އޮޕަރޭޓުކުރަނީ 110 ރިސޯޓެވެ. މިނިސްޓަރު ވިދާޅުވީ މިވަގުތު ފަތުރުވެރިކަމަށް 156 ތަނެއް ތަރައްގީކުރުމުގެ މަސައްކަތް ކުރެވެމުން ދާ ކަމަށށާއި، އެކި ސަބަބުތަކަށްޓަކައި މަޑުކެހިފައި ހުރި 61 ތަނެއް އޭގެތެރޭގައއި ހިމެނޭ ކަމަށެވެ.

ޅުވީ ހުއްޓިފައި ހުރި ތަންތަނުގެ މަސައްކަތް އަލުން ފެށޭނެ ގޮތްތަކެއް ހޯދުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަން ތާރިގް ވަނީ ފާހަގަ ކުރައްވާފައެވެ.

"އަޅުގަނޑުމެން މި ދަނީ އެ މަސައްކަތްތައް ކިހިނެއްތޯ އިތުރަށް ފައްޓައިގެން ކުރިއަށް އޮތް ތަނުގައު ކުރެވޭނީ [ބަލަމުން]. މި އަހަރު ތެރޭގައި ޖުމްލަ 1،290 އެނދު މާކެޓަށް އިރާދަ ކުރެއްވިއްޔާ ނެރެވޭނެ ކަމަށް އަޅުގަނޑުމެންނަށް އިންޑަސްޓްރީން މައުލޫމާތު ލިބިފައި އޮތީ"، މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރު ހަވާލު ވުމަށް ފަހު ކްލޯޒްޑް ބިޑިންގެ ދަށުން ފަތުރުވެރިކަމަށް 10 ތަނެއް ތަރައްގީ ކުރުމަށް ހަވާލުކޮށްފައިވާއިރު، ކްރޮސް ސަބްސިޑީގެ ދަށުން ފަތުރުވެރިކަމަށް 3 ތަނެއް ވަނީ ހަވާލުކޮށްފައެވެ. އަދި އޯޕަން ބިޑިންގެ ދަށުން 3 ތަނެއް ވަނީ އިއުލާންކޮށްފައެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީން ދެމުން ގެންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި، އަވަސްކުރުމަށް މުހިންމު މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އެގޮތުން، ޑިއު ޑިލިޖަންސްގެ މަސައްކަތް އަވަސް ކުރުމަށާއި، ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ އިތުރުން، ކޮންސްޓްރަކްޝަން ޕާމިޓަށް ހުށަހަޅަން ޖެހޭ ޑީޓެއިލް ކުރެހުންތަކަށް ފޯކަސް ކުރަމުން އަންނަ ކަމުގައި ތާރިގް ވިދާޅުވިއެވެ.

ހަމަ އެހެންމެ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުގެ ފެންވަރު ހިފެހެއްޓުމާއި ދާއިރާގެ މޮނީޓަރިންނާއި އިންސްޕެކްޝަންގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ވެސް ޚާއްސަ ސަމާލު ކަމެއް ދެއްވާ ކަމުގައި މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މި ލިއުމާއި ގުޅޭ