Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚާރިޖީ ވުޒާރާ

ތުރުކީގައި ގާއިމް ކުރި ރާއްޖޭގެ އެމްބަސީ ހުޅުވައިފި

ތުރުކީގައި ގައި ފުރަތަމަ ފަހަރަށް ދިވެހި ރާއްޖޭގެ އެމްބަސީއެއް ގާއިމްކޮށް އެތަން ރަސްމީކޮށް ހުޅުވައިފިއެވެ.

އެމްބަސީ ރަސްމީކޮށް ހުޅުވައިދެއްވީ އެމަބްސީގައި ކުރިއަށް ގެންދިޔަ ހާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެތަން ރަސްމީކޮށް ހުޅުވައިދެއްވީ ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލު، ތުރުކީގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް މެހްމެތް ނޫރީ އެރްސޮއި ގެ އިތުރުން ރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަހީމް އަބްދުއްލަތީފެވެ.

ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ޤާއިމުވެގެން ދިއުމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ތާރީޚީ ކާމިޔާބީއެއްކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ. ޚާރިޖިއްޔާއިން ވިދާޅުވީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމަށާއި، ތުރުކިޔޭގައި ދިރިއުޅޭ ދިވެހިންނަށް ކޮންސިއުލަރ ޚިދުމަތް ފޯރުކޮށްދިނުމުގައި އެމްބަސީގެ އެހީތެރިކަން ލިބިގެންދާނެއެވެ.

މި އެމްބަސީވެގެންދާނީ ދެޤައުމުގެ ދެމެދުގައި ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ގޮތުން ގުޅުން ހަރުދަނާކުރުމަށް އިތުރު ފުރުޞަތުތައް ހޯދުމުގެ ޕްލެޓްފޯމެއްގެ ގޮތުގައި ޚާރިޖީ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ ރާއްޖޭގެ އެމްބަސީއެއް ގާއިމުވެގެން ދިއުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ތާރީހީ ކާމިޔާބީއެއް ކަމަށެވެ. ރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒުކުރުމަށާއި، ތުރުކީގައި ދިރިއުޅޭ ދިވެހިންނަށް ކޮންސިއުލާ ހިދުމަތް ފޯރުކޮށްދިނުމުގައި އެމްބަސީގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް ބުނެފައިވެއެވެ. އަދި މި އެމްބަސީވެގެންދާނީ ދެ ގައުމުގެ ދެމެދުގައި ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ގޮތުން ގުޅުން ހަރުދަނާކުރުމަށް އިތުރު ފުރުސަތުތައް ހޯދުމުގެ ޕްލެޓްފޯމެއްގެ ގޮތުގައި ކަމަށް ވެސް މިނިސްޓްރީ އިން ބުނެފައިވެއެވެ.

އެމްބަސީ ހުޅުވުމަށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ވާހަކަ ދައްކަވާފައިވާ ކަމަށް މިނިސްޓްރީ އިން ބުނެފައިވެއެވެ. ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، އިގްތިސާދީ ކުރިއެރުމާއި، ދިވެހި ސަގާފަތް ކުރިއެރުވުމަށް އަދި ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައި އެކުވެރިކަން އާލާކުރުމުގައި އެމްބަސީގެ ދައުރު ނުހަނު ބޮޑުކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ތުރުކީގައި ދިރިއުޅޭ ދިވެހިންނަށް، ގާތުން ކޮންސިއުލާ ހިދުމަތް ފޯރުކޮށްދިނުމުގައި ވެސް އެމްބަސީއެއް ހުރުން ވަރަށް މުހިންމުކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ތުރުކީގައި ދިރިއުޅޭ އަދި އެކި ބޭނުންތަކުގައި އެ ޤައުމަށް ޒިޔާރަތްކުރާ ދިވެހި ރައްޔިތުންނަށް ދިމާވާ އެކި ކަހަލަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމުގެ މަސައްކަތްތައް ފުރިހަމަ ކަމާއެކީ ކުރެވިގެންދާނެކަމަށެވެ.

ތުރުކީ އަކީ އެކި ބޭނުންތަކުގައި ދިވެހިން ގޮސް އުޅޭ މާހައުލެކެވެ.

މި ލިއުމާއި ގުޅޭ