ބަންގްލަދޭޝްގެ "ބަންގްލަދޭޝް ހެލްތް ޕްރޮޓެކްޝަންސް އިންސްޓިޓިއުޓް" (ބީ.އެޗް.ޕީ.އައި) ސްކޮލާޝިޕް އިން މާސްޓާސް އޮފް ސައިންސް ރިހެބިލިޓޭޝަން ސައެންސް ގެ ނުވަ ވަނަ ބެޗުގެ ފުރުސަތު ރާއްޖެއަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީ އިން ބުނެފިއެވެ.
އެ މިނިސްޓްރީ އިން ބުނީ މިކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. މި ސްކޮލާޝިޕް އަށް އެޕްލައި ކުރުމުގެ ސުންގަޑި އަކީ މި މަހުގެ 30 ވަނަ ދުވަހުގެ 17:00 ކަމަށް ވެސް ބުނެފައިވެއެވެ.
މި ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރަން ޖެހޭނެ ކަމަށް މިނިސްޓްރީ އިން ބުނެފައިވެއެވެ.
މީގެ އިތުރުން އެ މިނިސްޓްރީ އިން ބުނީ އިތުރު މައުލޫމާތު ހޯދުމަށް [email protected] އަށް މެއިލް ކުރުމަށް ނުވަތަ +88 (02)224445464-5, +88 01688137848 އަށް ގުޅުމަށެވެ.