އުރީދޫ މޯލްޑިވްސް އިން ރާސްޓަސް ކޮށްގެން 100،000 ރުފިޔާގެ އަގުހުރި އިނާމު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އުރީދޫ އިން ބުނީ މި ޕްރޮމޯޝަން ރާސްޓަސް ކުރާ ފަރާތްތަކަށް ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށެވެ. މި ޕްރޮމޯޝަންގައި ކޮންމެ ފިހާރައަކުން ވެސް، ކޮންމެ އަދަދަކަށް ރާސްޓަސް ކޮށްގެން ގިނަ އިނާމުތަކެއް ލިބިގެންދާނެ ކަމަށާއި ކޮންމެ ހަފްތާއަކު ނެގޭ ވަރަށް ހާއްސަ ބޮޑު އިނާމަކާއި ޕްރޮމޯޝަނުގެ ބޮޑު އިނާމެއް ވެސް ކަނޑައަޅާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ޕްރޮމޯޝަން މިހާރު ވަނީ ފަށާފައެވެ. މި ޕްރޮމޯޝަން ނިމޭނީ ޖޫން މަހުގެ 30 ވަނަ ދުވަހުގައެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ރާއްޖޭގެ ކޮންމެ ފިހާރައަކުން ކޮންމެވެސް މިންވަރެއް ރާސްޓަސް ކުރަން ޖެހޭނެއެވެ. އަދި ހަފުތާއަކު 700 ރުފިޔާއަށް ވުރެ ގިނަ ރާސްޓަސް ކޮށްގެން ހަފުތާގެ ބޮޑު އިނާމުގެ ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ.
ވީކްލީ ލަކީ ޑްރޯ އިނާމުތަކުގެ ތެރޭގައި ހިމެނެނީ :
• އެޕަލް ވޮޗް ސީރީޒް 9 މިޑްނައިޓް 45 އެމްއެމްމީގެ އިތުރުން އުރީދޫ އިން ބުނީ ޕްރޮމޯޝަން ނިމުމުން ގްރޭންޑް ޕްރައިޒް ޑްރޯ ނެގޭނީ އެ މުއްދަތުގެ ތެރޭގައި ރާސްޓަސް ކުރި ހުރިހާ ފަރާތްތަކުގެ މެދުގައި ކަމަށެވެ.