Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ

ތުރުކީއާ އެކު އޮތް ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށް މަޝްވަރާކޮށްފި

ތުރުކީއާ ރާއްޖެއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށް އެގައުމުގެވިޔަފާރިވެރިންނާ މަޝްވަރާކޮށްފި އެވެ.

ތުރުކީގެ އިސްތަންބޫލުގައި ތިބޭ ވިޔަފާރިވެރިންނާ އެކު ދިވެހި ސަރުކާރުން ބޭއްވި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު، ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި ފަތުރުވެރިކަމާއި އިއާދަކުރަނިވި ހަކަތައާއި، ދަނޑުވެރިކަމާއި ގެދޮރުވެރިކަމާއި، ރިއަލް އެސްޓޭޓް ވިޔަފާރީގެ އިތުރުން ބަނދަރު ތަރައްޤީކުރުމާއި ޓެކްނޮލޯޖީގެ ދާއިރާ ހިމެނޭހެން ދެގައުމުގެ ދެމެދު އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށާއި، ވިޔަފާރީގެ ދާއިރާއިން އާ ގުޅުންތައް ޤާއިމުކުރުމަށްވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި އިންވެސްޓް މޯލްޑިވްސްގެ ސީއީއޯ ނުހާ މުޙައްމަދު ރިޒާ ވަނީ ދިވެހިރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ. މި ޕްރެޒެންޓޭޝަންގައި ދިވެހިރާއްޖެއަކީ ފަތުރުވެރިކަމާއި އިންވެސްޓްމަންޓްގެ ގޮތުން ކުރިއަރަމުން އަންނަ މަންޒިލެއްކަން ފާހަގަކުރެއްވިއެވެ.

ތުރުކީގެ ފޮރިން އިކޮނޮމިކް ރިލޭޝަންސް ބޯޑް (ޑީއީއައިކޭ) އިން އިންތިޒާމްކުރައްވާ އެ ބޯޑުގެ ޗެއާރމަންއާއި ތުރުކީ-ޕެސިފިކް ބިޒްނަސް ކައުންސިލްގެ ރައީސް ނާއިލް އޮލްޕަކް އިސްވެހުންނަވައި ކުރިއަށް ގެންދެވި މިބައްދަލުވުމުގައި ތުރުކީގެ ފާހަގަކޮށްލެވޭ އެކިދާއިރާތަކުގެ ވިޔަފާރިވެރިންވަނީ ބައިވެރިވި އެވެ

މި ލިއުމާއި ގުޅޭ