Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑަބްލިއުއެސްސީ

މާލެ-ހުޅުމާލެ ފެނުގެ ވިއުގަ ޓެސްޓްކުރަން ފަށައިފި

މާލެއާއި ހުޅުމާލެއާ ދެމެދު މީރު ފެން ދައުރުކުރެވޭ ގޮތަށް ގާއިމުކުރާ ފެނުގެ ވިއުގަ ޓެސްޓްކުރުމުގެ މަސައްކަތް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ (އެމްޑަބްލިޔުއެސްސީ)ން ފަށައިފިއެވެ.
ޕީއެސްއެމް ނިއުސްގެ ޕްރޮގުރާމެއްގައި ވާހަކަފުޅުދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުހައްމަދު ވިދާޅުވީ ފެނުގެ ވިއުގަ ގާއިމުކުރުމަށް ބޭނުންކުރާ ހޮޅި ސާފުކޮށް، ދެ ކޮޅުން މިހާރު ގުޅާލާފައިވާ ކަމަށެވެ.
އަދި ވަގުތީ ގޮތުން ޓެސްޓްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މިހާރު 3000 ޓަނުގެ ފެން ދައުރުކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި މަސައްކަތުގެ ދަށުން ކުރަންޖެހޭ ހުރިހާ ކަމެއް ނިމޭއިރު، 20،000 ޓަނުގެ ފެން އެއް ރަށުން އަނެއް ރަށަށް ދައުރުކުރެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މުޅި ނިޒާމަށް ބަލާއިރު ޕަމްޕް ސްޓޭޝަން ޤާއިމުކުރަންޖެހޭ. ޕަމްޕް ސްޓޭޝަންގެ އިމާރާތުގެ މަސައްކަތް އަންނަ މަހު ނިމޭނެ. ޕަންޕް ސްޓޭޝަން ނިމުމުން ޕަމްޕްތައް ބަހައްޓައި، އެ ތަނުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރަންޖެހޭނެ." މަތީން ވިދާޅުވިއެވެ.
މި އަހަރުގެ މެދުތެރޭ ފެނުގެ ވިއުގައިގެ ޚިދުމަތް ފެށުމަށް އެމްޑަބްލިއުއެސްސީން މައްސައްޖަތްކުރާއިރު އަންނަ ޖުލައި ނުވަތަ އޮގަސްޓް މަހު ޚިދުމަތްދޭން ފެށޭނެކަމަށް އެ ކުންފުނިން ލަފާކުރެއެވެ.
މި ލިއުމާއި ގުޅޭ