Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑަބްލިއުއެސްސީ

އެމްޑަބްލިޔުއެސްސީ ރޯދަ ޕްރޮމޯޝަނުގައި ޢުމްރާ ދަތުރު ލިބޭ ފަރާތްތަކަށް ލިޔުން ހަވާލުކޮށްފި

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އިން މިދިޔަ ރަމަޟާން މަހު "އެކުވެރި ރޯދަ 30"ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުން ޢުމްރާ ދަތުރުގެ ފުރުޞަތު ލިބުނު ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.

މި ޕްރޮމޯޝަންގެ ތެރެއިން ޢުމްރާ ދަތުރުގެ ފުރުޞަތު ތިން ފަރާތަކަށް ދީފައިވެއެވެ.

"އެކުވެރި ރޯދަ 30"ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަނަކީ އެމްޑަބްލިޔުއެސްސީގެ 30 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގެ އިތުރުން ރަމަޟާން މަހާއި ދިމާކޮށް އެ ކުންފުނިން ހިންގައިފައިވާ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަންގައި އެމްޑަބްލިޔުއެސްސީ އެޕް މެދުވެރިކޮށް ފެން ބިލަށް ފައިސާ ދައްކާ ހުރިހާ ޑޮމެސްޓިކް ކަސްޓަމަރުންނަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިއިވެއެވެ.
މި ޕްރޮމޯޝަންގައި ޢުމްރާގެ އަޅުކަމުގެ ފުރުޞަތު ލިބުނު ފަރާތްތައް ގުރުއަތުން ހޮވާފައިވަނީ ޓީވީއެމްގެ މިވަގުތު ޕްރޮގްރާމުގައެވެ.
ނަސީބުވެރިންނަށް ލިޔުން ހަވާލުކުރުމަށް މިއަދު އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިނގގައި ބޭއްވި ރަސްމިއްޔާތުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވަނީ އެ ފަރާތްތަކަށް ބައްދަލުކުރައްވައިފައެވެ.

ޢުމްރާ ދަތުރުގެ ފުރުސަތު ލިބުނީ:

  • - ޝަމްރޫޒް އިބްރާހީމް / ދަފްތަރު ނަންބަރު ދރ 1672
  • - މުޙައްމަދު ސަރާޙް / އުދަރެސް، ތ. ތިމަރަފުށި
  • - ޢަލީ ނާޡިމް / ގ. ރަންދެލިގެ
އެމްޑަބްލިޔުއެސްސީން ބުނީ މި ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވުނު ތިން ފަރާތް އިއުލާންކުރާ ތާރީޚުން ފެށިގެން އެއް އަހަރުގެ ތެރޭގައި ޢުމްރާ ދަތުރުގެ ބޭނުންކުރަން ޖެހޭނެކަމަށާއި ޢުމްރާ ދަތުރު ލިބުނު ފަރާތްތަކަށް އެ ދަތުރު ބޭނުން ނުކުރެވޭނަމަ، އެހެން މީހަކަށް އެ ދަތުރު ބަދަލުކުރުމުގެ ފުރުޞަތު ދެވިގެންދާނެކަމަށެވެ.
މި ލިއުމާއި ގުޅޭ