Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލީ ވަހީދު

ކުރީ ސަރުކާރުން އަލީ ވަހީދު ރާއްޖެއަށް ގެނައުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން ހާމަވެއްޖެ

ޖިންސީ ފުރައްސާރައިގެ ބޮޑެތި ގިނަ ތުހުމަތުތަކެއް ކުރެވިފައިވާ ކުރީ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ހުކުމަކަށް ފިލައިގެން އިނގިރޭސިވިލާތުގައި ހުންނެވި ދުވަސްވަރު އޭނާ އަނބުރާ ރާއްޖެއަށް ގެނައުމަށް ކުރީ ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން ހާމަވެއްޖެއެވެ.

އަލީ ވަޙީދު ހުކުމަކަށް ފިލައިގެން އިނގިރޭސިވިލާތުގައި ހުރި ދުވަސްވަރު ރާއްޖެއަށް އަނބުރާގެނައުމަށް އެއްވެސް މަސައްކަތެއް ސަރުކާރުން ކޮށްފައިވޭތޯ ބެލުމަށް މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން "ދިޔަރެސް" އިން އެދުމުން ޖަވާބުގައި ފޮރިން މިނިސްޓްރީން ބުނެފައިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އަނބުރާ ރާއްޖެއަށް ގެނައުމާ ބެހޭގޮތުން އެމިނިސްޓްރީން އިނގިރޭސި ސަރުކާރާއި އެއްވެސް މުޢާމަލާތެއް ކޮށްފައިނުވާކަމަށެވެ.

އިނގިރޭސިވިލާތުގައި ހުރުމަށްފަހު އަލީ ވަހީދު ރާއްޖެއައިސްފައިވަނީ އެ މައްސަލައިގެ ދައުވާތަށް ރައީސް އިބްރާހީމްގެ އަމުރަށް ޕީޖީ އޮފީހުން އަނބުރާ ގެންދިޔުމުންނެވެ. އިނގިރޭސިވިލާތުގައި ހުންނެވިއިރު އަލީ ވަހީދު ވަނީ ރައީސް އިބްރާހީމަށް ގިނަގުނަ ތުހުމަތުތައްކޮށް ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ. ރިޔާސީ އިންތިހާބުގައި އަލީ ވަހީދު މަސައްކަތްކުރީ ޤާސިމް އިބްރާހީމްގެ ކެމްޕެއިނުގައެވެ. ފުރަތަމަ ބުރުން ޤާސިމް އިބްރާހީމަށް ނާކާމިޔާބީއާއި ކުރިމަތިވެވަޑައިގަތުމުން ޤާސިމްގެ ތާއީދު ރައީސް އިބްރާހީމަށް ހޯދައި ދިނުމަށް އެންމެ ގަދަޔަށް މަސައްކަތްކުރީ އަލީ ވަހީދެވެ.

އަލީ ވަހީދު މިނިސްޓަރުކަމުގައި ހުންނަވަނިކޮށް ޖިންސީ ފުރައްސާރައިގެ މައްސަލަ ފެންމަތިވުމުން ރައީސް އިބްރާހީމް ވަނީ އަލީ ވަހީދު މިނިސްޓަރުކަމުން ވަކިކުރައްވާފައެވެ. އަދި އަނިޔާލިބުނު ފަރާތްތަކަށް ލިބުނު އަނިޔާގެ ތަފްސީލު ރައީސްއާއި ހިއްސާކުރުމުން ރައީސް ވަރަށް ގަދަޔަށް ކީރިތިކުރެއްވިއެވެ. އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާފައިވަނީ އޭނާގެ މައްޗަށް އެ މައްސަލާގައި ދައުވާ އުފުލާފައިވަނިކޮށެވެ.

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަލީ ވަހީދު ކުޅުދުއްފުށި ދެކުނު ދާއިރާއަށް ވާދަކުރެއްވި ނަމަވެސް ވަނީ އިންތިޚާބުން ނާކާމިޔާބުވެފައެވެ. އަލީ ވަހީދަށް މަޖިލިސް އިންތިޚާބު ކާމިޔާބުކޮށްދިނުމަށް ޚުދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް މަސައްކަތް ކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެންޕޭން ދުވަސްވަރު އަލީ ވަހީދަށް ކުރެވުނު ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާއި ގުޅިގެން ދިޔަރެސްއިން ރައީސް އިބްރާހިމަށް ދެންނެވި ސުވާލުގެ ޖަވާބުގައި ވިދާޅުވީ ކުރިން ފިޔަވަޅު އެޅުއްވިކަމަށާއި އަދިވެސް އެކަންތައް އިތުރަށް ބަލަންޖެހޭކަމުގައެވެ.

މި ލިއުމާއި ގުޅޭ