Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަޖިލިސް އިންތިޚާބު

ަމަޖިލީހަށް ވާދަކުރި އެމްޑީޕީ ސަރުކާރުގެ ހުރިހާ މިނިސްޓަރުންނަށް ނާކާމިޔާބު

ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ވާދަކުރެއްވި އެމްޑީޕީ ސަރުކާރުގެ ކުރީގެ ހުރިހާ މިނިސްޓަރުންނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި ފަސް ބޭފުޅަކު އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގައި ވާދަކުރެއްވި އެވެ. އެއީ؛
  • ހުޅުމާލެ ދެކުނު ދާއިރާއަށް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ
  • ތުލުސްދޫ ދާއިރާއަށް އެމްޑީޕީން ވާދަކުރެއްވި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
  • ކުޅުދުއްފުށި ދެކުނު ދާއިރާއަށް އެމްޑީޕީން ވާދަކުރެއްވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
  • އުނގޫފާރު ދާއިރާއަށް ވާދަކުރެއްވި ޖުމްހޫރީ ޕާޓީގެ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން
  • މަކުނުދޫ ދާއިރާއަށް އަދާލަތު ޕާޓީގެ ފަރާތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ފަސް ދާއިރާގެ ތެރެއިން ހުޅުމާލެ ދެކުނު ދާއިރާގެ ގޮނޑި ފިޔަވާ ދެން ހުރިހާ ގޮނޑިއެއް ކާމިޔާބުކުރެއްވީ ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓުންނެވެ. ހުޅުމާލެ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ޝަމްހީދު އެވެ.
ކުރީގެ ހޯމް މިނިސްޓަރު ބަލިކޮށް، މަކުނުދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އާދަމް ޝަފީގް އެވެ. ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވިފައިވާ އަލީ ވަހީދާ ވާދަކޮށް ކުޅުދުއްފުށި ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ޕީއެންސީޣެ ކެންޑިޑޭޓް ފަރުހަތު މުހައްމަދު އެވެ.
އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަމީރާ ވާދަކޮށް ތުލުސްދޫ ދާއިރާ ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހީމް ނަސީމެވެ. އަދި ކުރީގެ މިނިސްޓަރު އަމީން ބަލިކޮށް އުނގޫފާރު ދާއިރާ ކާމިޔާބުކުރެއްވީ ޕީއެންސީގެ އިބްރާހީމް ޝިފާޒެވެ.
ވިހިވަނަ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން އިންތިހާބުކުރުމަށް އިއްޔެ ބޭއްވި އިންތިހާބުގައި ތިން ސަތޭކައަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރިއިރު، 70 އަށްވުރެ ގިނަ ގޮނޑިއާއެކު ސަރުކާރުން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފަ އެވެ. މިއީ މިހާ ގިނަ އަދަދެއްގެ ގޮނޑިއާއެކު އެއް ޕާޓީއަކަށް ބޮޑު ސުޕަ މެޖޯރިޓީއެއް ލިބުނު ފުރަތަމަ ފަހަރެވެ.
އިއްޔެގެ އިންތިހާބުން އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ލިބުން ކަމަށް ވަގުތީ ނަތީޖާއިން ދައްކަނީ 12 ގޮނޑި އެވެ. ކުރީގެ ރައީސް ނަޝީދުގެ ޑިމޮކްރެޓްސް އަށް މަޖިލީހުގެ އެއްވެސް ގޮނޑިއެއް ކާމިޔާބެއް ނުކުރެވުނެވެ.
މި ލިއުމާއި ގުޅޭ