Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޞިއްޙީ ވުޒާރާ

އޮކްސިޖަން ނުލިބިގެން މީހަކު މަރުވިކަމަށް ބުނާ މައްސަލަ ބަލަން ފަށައިފި

ކިނބިދޫގެ ދުވަސްވީ އަންހެނަކު ފަރުވާއަށް މާލެ ގެނައުމަށް ތ. ތިމަރަފުށީ އެއާޕޯޓަށް ގެންދިއުމަށް ބޭނުންކުރި އެމްބިއުލާންސްގައި އޮކްސިޖަން ނެތިގެން އެމީހާ މަރުވިކަމަށް ބުނާ މައްސަލައެއް ހެލްތު މިނިސްޓްރީން ތަހުގީގުކުރަން ފަށައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން މީހާ އެންމެ ފުރަތަމަ ވޭމަންޑޫ ހޮސްޕިޓަލަށް ގެންދިއުމުން، އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް އެންގި އެވެ. އެހެންވެ، އެއާ އެމްބިއުލާންގައި މާލެ ގެނައުމަށް ވޭމަންޑޫއިން ތިމަރަފުއްޓަށް ފޮނުވާލީ އެވެ.
އެ އާއިލާ މީހަކު ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި، އެ އަންހެން މީހާ އިއްޔެ މަރުވީ ސިއްހީ އިހުމާލަކުންނެވެ.
އެ އަންހެން މީހާ ވޭމަންޑޫގައި އެޑްމިޓުކޮށްފައި އޮތުމަށްފަހު ސީ އެމްބިއުލާންސްގައި ތިމަރަފުއްޓަށް ގެންދިޔައީ ވެސް އޮކްސިޖަން ގުޅައިގެން ކަމަށާއި، ނަމަވެސް އޮކްސިޖަން ބަދަލުކުރަން ބެލިއިރު، ތިމަރަފުށި އެއާޕޯޓަށް ގެންދިއުމަށް ބޭނުންކުރި އެރަށު އެމްބިއުލާންސްގެ އޮކްސިޖަން ފުޅި ހުރީ ހުސްވެފައި ކަމަށް އޭނާ ބުނެފައިވެ އެވެ.
އެ މައްސަލަ ތަހުގީގުކުރުމަށް ތިމަރަފުއްޓަށް ޓީމެއް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އަދި އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ހެލްތު މިނިސޓްރީން ވެސް ވަނީ ބުނެފަ އެވެ.
މި ލިއުމާއި ގުޅޭ