Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން

އަމިއްލަގޮތުން ނޮޅިވަރަމް ދާއިރާއަށް ހޮވުނު މެންބަރުވެސް ޕީއެންސީއަށް

ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކޮށް، ނޮޅިވަރަމް ދާއިރާގެ ކާމިޔާބުކުރެއްވި މުހައްމަދު ރަޝީދު، ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީއަށް ސޮއިކުރައްވައިފި އެވެ.
މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފައިވާ ޕީއެންސީއާ އޭނާ ގުޅިވަޑަތީ ރޭގަ އެވެ.
މުހައްމަދު ރަޝީދުގެ އިތުރުން، އަމިއްލަ ގޮތުން ހޮވުނު ހަ މެންބަރަކު ވެސް އިއްޔެ ވަނީ ޕީއެންސީއާ ގުޅިފަ އެވެ. އެއާއެކު، 20 ވަނަ މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރާ 73 މެންބަރުން ތިއްބަވާނެ އެވެ.

އިއްޔެ ޕީއެންސީއަށް ސޮއިކުރެއްވި މެންބަރުން:

  • - ހުރާ ދާއިރާގެ އިންތިހާބީ މެންބަރު ޑރ. އަނާރާ ނައީމް
  • - މަތިވެރި ދާއިރާގެ އިންތިހާބީ މެންބަރު ހަސަން ޒަރީރު
  • - މައްޗަންގޮޅި މެދު ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ޒަމީރު
  • - ތިމަރަފުށި ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ރިޔާޒް
  • - ނައިފަރު ދާއިރާގެ އިންތިހާބީ މެންބަރު ޔާސީން އަބްދުﷲ
  • - ވިލިނގިލި ދާއިރާގެ އިންތިހާބީ މެންބަރު އާޒިމް އަބްދުލް އަޒީޒް
އެ ހަ ބޭފުޅުންގެ ތެރެއިން ނައިފަރު ދާއިރާ އަދި ވިލިނގިލީ ދާއިރާއަށް ހޮވިވަޑައިގެންނެވި ދެ ބޭފުޅުން ފިޔަވާ ދެން ތިއްބެވި ބޭފުޅުންނަކީ އަމިއްލަ ގޮތުން ވާދަ ކުރެއްވި ނަމަވެސް ސަރުކާރުގެ ތާއީދާ އެކު ނުކުންނެވި މެންބަރުންނެވެ.
މެންބަރުން ޕާޓީ ބަދަލުކުރުމުން އަމިއްލައަށް އިސްތިއުފާދޭންޖެހޭ ގޮތައް އެންޓި ޑިފެކްޝަން ބިލު މި މަހު 16 ގައި ތަސްދީގުކުރެއްވި ނަމަވެސް އެ ގާނޫނު ހިނގާނީ މެންބަރުގެ ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކޮށްފި ނަމަ އެވެ.
ވިހިވަނަ މަޖިލީހުގެ 93 ދާއިރާއަށް މިދިޔަ އާދިއްތަ ދުވަހު އިންތިހާބުކުރި މެންބަރުންގެ ދައުރު އަދި ނުފެށެ އެވެ. އެ މެންބަރުން ހުވާކުރައްވާނީ މެއި މަހުގެ 28 ވަނަ ދުވަހު އެވެ. މިހާރު އޮތް 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު ހަމަވާނީ އަންނަ މެއި 15 ވަނަ ދުވަހު އެވެ.
ޕީއެންސީން މަޖިލީހުގެ ސުޕަ މެޖޯރިޓީ ނަގާފައިވާއިރު އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށް ލިބުނީ މަޖިލީހުގެ 12 ގޮނޑި އެވެ.
މި ލިއުމާއި ގުޅޭ