Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީއެންސީ

ރައީސް ޑރ.މުޢިއްޒު, ޕީއެންސީގެ ޖަގަހަ ހުޅުވައިދެއްވައިފި

ސަރުކާރު ހިންގާ މައި ޕާޓީ, ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ.
ހ.ވެޔޮވިލާގައި ހުންނަ ޕީއެންސީގެ ޖަގަހަ ހުޅުވައިދެއްވީ އެކަމަށްޓަކައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީޕީއެމް/ޕީއެންސީ) ގެ ލީޑަރު, ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި ކެބިނެޓުގެ ވަޒީރުންނާއި ކޯލިޝަނުގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރައްވާ މެންބަރުންނާއި ކޯލިޝަނުގެ ސެނެޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ބައެއް އެހެން ސިޔާސީ ޕާޓީތަކުގެ ލީޑަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެއިތުރުން ކޯލިޝަނުގެ އާންމު މެމްބަރުންނާއި ސަރުކާރަށް ތާއީދުކުރާ ގިނަ އަދަދެއްގެ ރައްޔިތުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.
ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީއެންސީ ރަޖިސްޓްރީ ކުރީ 31 ޖަނަވަރީ 2019 ގައެވެ. ޕާޓީ ވުޖޫދުވުމާއެކު އެންމެ އިސްކަމެއް ދިނީ 2019 ގެ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރުމަށެވެ. އެގޮތުން ޕީއެންސީން ވަނީ 19 ވަނަ މަޖިލީހުގެ 3 ގޮނޑި ކާމިޔާބުކޮށްފައެވެ.
އެއަށްފަހު މިދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް, ޕާޓީގެ ލީޑާޝިޕާއި މެންބަރުންގެ މިންނެތް މަސައްކަތުން އައީ ޕާޓީގެ މެންބަރުންގެ އަދަދު އިތުރުކޮށް ޕާޓީގެ ހަރަކާތްތައް ވަރުގަދަ ކުރަމުންނެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން މެންބަރުންގެ އަދަދު މިހާރު ވަނީ އެތައް ގުނައެއް މައްޗަށް ޖައްސައިލާފައެވެ. އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުން ދައްކާ ގޮތުން ޕީއެންސީގައި މިވަގުތު ތިބީ 27,704 މެންބަރުންނެވެ. ނަމަވެސް އެ ޕާޓީއިން މައުލޫމާތު ދީފައިވާ ގޮތުގައި ޕާޓީއަށް ސޮއިކޮށްފައިވާ މީހުންގެ އަދަދު އުޅެނީ ބައިލައްކައަށް ވުރެ ވެސް މަތީގައެވެ.
ހަމައެއާއެކު ޕީއެންސީއިން ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސްޕަރ މެޖޯރިޓީ ހޯދައިފައެވެ.
މި ލިއުމާއި ގުޅޭ