Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން

ގާނޫނުތަކުގައި ކަނޑައެޅިފައިވާ ހުދޫދުގެ ތެރޭގައި ކެމްޕެއިން ކުރުމަށް އިދިކޮޅަށް ގޮވާލައިފި

ގާނޫނުތަކުގައި ކަނޑައެޅިފައިވާ ހުދޫދުގެ ތެރޭގައި ކެމްޕެއިން ކުރުމަށް ސަރުކާރު ހިންގާ ކޮންގރެސް ކޯލިޝަނުން އިދިކޮޅު އެމްޑީޕީއަށް ގޮވާލައިފިއެވެ.

ޕީޕީއެމް ޕީއެންސީން ވަނީ ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ހޯރަފުށީ ކައުންސިލުން ހިންގަމުންދާ ކަންތައްތައް ކުށްވެރިކޮށް ނޫސް ބަޔާނެއް ނެރެފައެވެ.

އެ ނޫސް ބަޔާނުގައި ބުނެފައިވަނީ އެމްޑީޕީގެ މެޖޯރިޓީ ކައުންސިލުން އެ ކޯލިޝަނުގެ ކެންޑިޑޭޓަށް އެންޓި ކެމްޕެއިން ކުރުމުގެ އިތުރުން ހޯރަފުށީގައި ހުރި ކައުންސިލްގެ ހުރިހާ ވަސީލަތްތައް ބޭނުން ކުރަމުންދާކަމަށެވެ.
އެގޮތުން ކައުންސިލްގެ މުވައްޒަފުން ކެމްޕެއިންގައި ބޭނުންކުރުމާއި ތަނުގައި ހުރި ވެހިކަލްތަކާއި ޕްރިންޓަރާއި ކަރުދާހާއި އެހެނިހެން ވަސީލަތްތައްވެސް ބޭނުން ކުރަމުންދާކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޕީޕީއެމް ޕީއެންސީން ބުނީ މި ވަގުތު ހޯރަފުށީ ކައުންސިލްގެ އަމާޒު ހުރީ ގާނޫނުން އެ ކައުންސިލާއި މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށްވުރެ ބޮޑަށް ރަސްމީ ގަޑި އާއި ނުރަސްމީ ގަޑީގައުވެސް އިދިކޮޅު ކެންޑިޑޭޓްގެ ކެމްޕެއިން ކުރުމަށްކަމަށެވެ.
އަދި އެ އިންތިހާބާ ދިމާކޮށް ކައުންސިލުން ގޯތި ދިނުމާއި މިހާރު ކައުންސިލުން ބިން ދޫކޮށްފައިވާ ފަރާތްތަކުގެ ބިން ބޮޑުކޮށްދޭނެ ކަމަށްވެސް ބުނަމުންދާކަމަށާއި އެއީ ކަނޑައެޅިގެން އިންތިހާބުތަކާއި ބެހޭ ގާނޫނާވެސް ޚިލާފު ކަމެއްކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންވެ ގާނޫނުތަކުގައި ކަނޑައެޅިފައިވާ ހުދޫދުގެ ތެރޭގައި ކެމްޕެއިން ކުރުމަށް އެ ކޯލިޝަނުން ހޯރަފުށީ ކައުންސިލް މެންބަރުންނަށް ވަނީ ގޮވާލާފައެވެ. އަދި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ މައްސަލަ ކަމާބެހޭ މުއައްސަސާތަކުން ބަލާ ތަހުގީގުކުރުމަށް ވެސް އެ ކޯލިޝަނުން ގޮވާލާފައިވެއެވެ.

މި ލިއުމާއި ގުޅޭ