Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލީ ވަހީދު

ގާސިމްގެ އިންތިހާބީ އެޖެންޓަކަށް އަލީ ވަހީދު ހަމަޖައްސައިފި

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ އެޖެންޓަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހަމަޖައްސަވައިފި އެވެ.
އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގާސިމްގެ އިންތިހާބީ އެޖެންޓުކަމުގެ ލިޔުން މިއަދު އަލީ ވަހީދަށް އެރުވީ ޖޭޕީގެ އޮފީހުގައި ބޭއްވި ހަފުލާއެއްގައި ގާސިމެވެ.
ގާސިމްގެ އިންތިހާބީ އެޖެންޓުގެ ގޮތުގައި މިއަދު އަލީ ވަހީދު ހަމަޖެއްސިއިރު، ގާސިމްގެ ސްޕެޝަލް އެޑްވައިޒަކަށް ވެސް އިއްޔެ އޭނާ ވަނީ ހަމަޖައްސާފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މަގާމުމް ވަކިކޮށް ދައުވާ އުފުލުމުން ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަދައިގެންނެވި އިރު ވެސް އަލީ ވަހީދު ހުންނެވީ ޖޭޕީގެ ރައީސްގެ މަގާމުގަ އެވެ.
އެކަމަކު އެ ޕާޓީގެ އަސާސީ ގަވައިދަށް ގެނައި އިސްލާހަކާ ގުޅިގެން އޭނާއަށް މަގާމު ގެއްލުނީ އެވެ. ނަމަވެސް، އޭނާ ހުރީ ޖޭޕީގެ މެންބަރެއްގެ ގޮތުގަ އެވެ.
ދެ އަހަރު ބޭރުގައި ފިއްލަވައިގެން އުޅުއްވުމަށް ފަހު، ޖިންސީ ގޯނާގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމުމުން އަލީ ވަހީދު އެނބުރި މާލެ ވަޑައިގަތީ މިދިޔަ މަހުގެ 11 ގަ އެވެ. ރާއްޖެ ވަޑައިގެން އަލީ ވަހީދު ވިދާޅުވީ "މިއައީ ފުޓުބޯޅައިގެ މީހެއްގެ ގޮތުގައި" ކަަމަށެވެ.
މި ލިއުމާއި ގުޅޭ