Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލީ ވަހީދު

ލެގޫންސް ސްޕޯޓްސް ކްލަބާ ހަވާލުވެވެން އޮތްކަމަށް ވިދާޅުވެ އަލީ ވަހީދު ހެއްދެވީ އިތުރުފުޅެއް

ލެގޫންސް ސްޕޯޓްސް ކްލަބާ ހަވާލުވެވެން އޮތް ކަމަށް ވިދާޅުވެ ކުރީގެ ޓޫރިޒަމް މިނިސްޓަރު ހެއްދެވީ އިތުރުފުޅެއް ކަމަށް އެ ކްލަބުން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އެކި ދުވަސް މަތިން ޖިންސީ އަނިޔާ އާއި ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކޮށް ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދިއުމާއެކު ގާތްގަނޑަކަށް ތިން އަހަރު ފަހުން ރާއްޖެ ވަޑައިގެން އަލީ ވަނީ ފުޓްބޯޅައިގެ މަސައްކަތް ފައްޓަވާފަ އެވެ.
އެގޮތުން އެޓޯލްސް އެފްސީގެ ނަމުގައި އޭނާގެ އަމިއްލަ ކްލަބެއް މިދިޔަ ބުރާސްފަތި ދުވަހު އަލީ ވަހީދު ވަނީ ތައާރަފު ކުރައްވާފަ އެވެ.
އެ ކްލަބު ތައާރަފު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ "ކްލަބް ލެގޫންސް އާ ވެސް ހަވާލުވެގެން އެބަ އޮތް" ކަމަށެވެ.
އެކަމަކު އެކަމާ ގުޅިގެން ލެގޫންސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ކްލްބުގެ ހުރިހާ ނިންމުންތައް ނިންމަނީ އެ ކްލަބުގެ ހިންގާ ކޮމިޓީން ކަމަށާއި، ކްލަބުގެ މިލްކުވެރި ފަރާތަކީ އެ ކްލަބުގެ މެންބަރުން ކަމަށެވެ.
ހަމަ އެހެންމެ އެ ކްލަބުގެ ހިއްސާވެސް ލިބިފައިވާ ފަރާތަކީ އެ ކްލަބުގެ އެންމެހާ މެންބަރުން ކަމަށާއި، އެ ކްލަބާ ހަވާލުވެވެން އޮތްކަމަށް އަލީ ވަހީދު ވިދާޅުވި ވިދާޅުވުމަކީ އެ ކްބުގެ އެއްވެސް ފަރާތަކާ މަޝްވަރާ ކުރެވިގެން ދެއްކެވި ވާހަކައެއް ނޫން ކަމަށެވެ.
"20 ޖުލައި 2023 ވީ ދުވަހުގެރޭ އެޓޯލްސް އެފްސީ ކްލަބުގެ ލޯންޗިން ސެރަމަނީގައި އަލީ ވަހީދު ލެގޫންސް ސްޕޯޓްސްއާ ހަވާލުވެވެން އޮތްވާހަކަ އެއީ މި ކްލަބަށް އެނގި، އެއްވެސް މަޝްވަރާ ކުރުމެއް ހެއްދެވި އިތުރުފުޅެކެވެ،" ލެގޫންސްގެ ބަޔާނުގައި ބުނެފައިވެ އެބެ.
"ވީމާ ހަގީގަތް އޮޅޭ ފަދަ، ވަކި ފަރާތަކަށް މަންފާއެއް ހޯދުމުގެ ބޭނުމުގައި އެއްވެސް ފަރާތަކުން ލެގޫންސް ސްޕޯޓްސް ކްލަބުގެ ބޭނުން ނުކުރެއްވުން އެދެމެވެ."
އަހަރުތަކެއް ފަހުން ރާއްޖެ ވަޑައިގެން މި މަހު 11 ވަނަ ދުވަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ އޭނާ އެނބުރި އައީ "ފުޓުބޯޅައިގެ މީހެއްގެ ގޮތުގައި" ކަމަށެވެ.
މި ލިއުމާއި ގުޅޭ