Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޕީއެލް

ގިނަދުވަސްވެފައިވާ މުދާ ކްލިއާކުރުމަށް ހަތް ދުވަސް ދީފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ކްލިއަރ ނުކޮށް ގިނަ ދުވަސްވެފައިވާ މުދާ އަވަހަށް ކްލިއަރކުރުމަށް އެ ކުންފުނިން އަންގައިފިއެވެ.

އެމްޕީއެލުން ކުރި އިއުލާނެއްގައި ބުނީ މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ކްލިއަރ ނުކޮށް ގިނަ ދުވަސްވެފައިވާ މުދާތައް ހަތް ދުވަހުގެ ތެރޭގައި ނުގެންގޮސްފިނަމަ އެތަކެތި ނީލަން ކިޔާނެ ކަމަށެވެ.

އަދި މުދަލުގެ ވެރިފަރާތްތަކަށް މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި މުދާ ކްލިއަރ ކުރުމަށް އަންގާފައިވާއިރު މި މުދަލުގެ ތެރޭގައި އެއްވެސް މުއައްސަސާއަކުން ހިފަހައްޓާފައިވާ މުދަލެއް ވާނަމަ، އެ މުދަލާމެދު ވަކި ގޮތެއް ނިންމުމަށްފަހު ބަނދަރުން ކްލިއަރ ކުރުމަށް ނުވަތަ ނައްތާލުމަށް އެމްޕީއެލްއިން ވަނީ އަންގާފައެވެ.
މީގެއިތުރުން އެމްޕީއެލްގެ ޤަވާއިދުގައިވާ ގޮތަށް، ދީފައިވާ މުއްދަތުގެ ތެރޭގައި މުދާ ނުގެންދާނަމަ، އެ މުދާ ނީލަމުގައި ވިއްކާލާނެކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
އެމްޕީއެލްއިން އިތުރަށް ބުނީ އެއްވެސް ސަބަބަކާހުރެ ނީލަމުގައި ވިއްކާނުލެވޭ މުދާ ނައްތާލުމަށްފަހު، އެ މުދަލެއް ނައްތާލުމަށް ހިނގާ ޚަރަދު މުދަލުގެ ވެރިފަރާތަށް ބިލްކުރެވޭނެ ކަމަށެވެ.
އެމްޕީއެލް ބަނދަރުން ކްލިއަރ ނުކޮށް ގިނަ ދުވަސްވާ މުދާ ނީލަން ކިޔުމާއި ނައްތާލުމުގެ މަސައްކަތް އެކުންފުނިން މީގެ ކުރިންވެސް ކުރިއަށް ގެންދެއެވެ.
މި ލިއުމާއި ގުޅޭ