Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް އިމިގްރޭޝަން

މިދިޔަ މަހު އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިޔާއިން

ނިމި ދިޔަ މާޗު މަހު ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިޔާއިންކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އިމިގްރޭޝަނުން ވަނީ މިދިޔަ މަހު ރާއްޖެ އައި ފަތުރުވެރިންގެ ތަފްސީލު އާއްމުކޮށްފައެވެ.

އެ އިދާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނަ ފަތުރުވެރިން އައި ރަޝިޔާއިން ދިވެހިރާއްޖެއަށް ޖުމުލަ 24،449 ފަތުރުވެރިން އައިސްފައިވެއެވެ.

ދެން އެންމެ ގިނަ ފަތުރުވެރިން އައީ އިނގިރޭސި ވިލާތުންނެވެ. އެގޮތުން އިނގިރޭސިވިލާތުން 23،183 ފަތުރުވެރިން އައިސްފައިވާއިރު ދެން އެންމެ ގިނަ ފަތުރުވެރިން އައި އިޓަލީއިން މިދިޔަ މަހު 19،069 ފަތުރުވެރިން އައިސްފައިވެއެވެ.

މިދިޔަ މަހު ފަތުރުވެރިން އައި ގައުމުތައް:

  • ރަޝިޔާ: 24،449
  • އިނގިރޭސިވިލާތް: 23،183
  • އިޓަލީ: 19،069
  • ޖަރުމަނު: 17،620
  • ޗައިނާ: 15،803
  • އިންޑިއާ: 11،667
  • ފްރާންސް: 7،604
  • ޔުނައިޓެޑް ސްޓޭޓްސް: 7،486
  • ސްވިޒަލެންޑް: 4،550
  • ޖަޕާން: 4،026

މިދިޔަ މަހު ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ ތަފާސް ހިސާބުތައް އިމިގްރޭޝަނުން އާއްމުކޮށްފައިވާއިރު ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޖުމުލަ 714,598 ފަތުރުވެރިން އައިސްފައިވެއެވެ.

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 69.8 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓްތަކުގައެވެ. އެއީ 499,145 ފަތުރުވެރިންނެވެ. ދެން އެންމެ ގިނަ ފަތުރުވެރިން އައީ ގެސްޓްހައުސްތަކަށެވެ. އެއީ 175,963 ފަތުރުވެރިންނެވެ. އަދި ޓޫރިސްޓް ހޮޓާތަކުގައި 21,061 ފަތުރުވެރިން އަދި ޓޫރިސްޓް އުޅަނދުތަކުގައި 17,951 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ