Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިކަން

ދެކުނު އޭޝިއާ ސަރަހައްދުގެ ޓޫރިޒަމް ކޮމިޝަންގެ ޗެއަރ އަކަށް ރާއްޖެ

އ.ދގެ ދެކުނު އޭޝިއާ ސަރަހައްދުގެ ޓޫރިޒަމް ކޮމިޝަންގެ ޗެއަރކަމަށް ރާއްޖެ އައްޔަނުކޮށްފިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމާއި ބެހޭ ޖަމްޢިއްޔާގެ އިރުމަތީ އޭޝިއާ އަދި ޕެސިފިކް ސަރަހައްދާއި، ދެކުނު އޭޝިއާ ސަރަހައްދުގެ 37 ވަނަ ޖޮއިންޓް މީޓިންގް އަދި 60 ވަނަ ޓޫރިޒަމް ކޮމިޝަން ފޮރ ސައުތު އޭޝިއާ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ވަނީ ބައިވެރިވެފައެވެ.

މި ބައްދަލުވުމުގައި ޓޫރިޒަމް ކޮމިޝަން ފޮރ ސައުތު އޭޝިއާގެ 2025-2027 ޗެއަރކަމަށް ރާއްޖެވަނީ އައްޔަނުކޮށްފައިވާއިރު ޗެއަރކަމަށް ރާއްޖެ އައްޔަނުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ދައުރަކަށެވެ.

އަދި އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި އަންގާރަ ދުވަހު ދުވަހު ފެށި މި ބައްދަލުވުންތަކުގެ ތެރެއިން، 37 ވަނަ ޖޮއިންޓް މީޓިންގެ ކޯ-ޗެއަރ ކަމާއި 60 ވަނަ ސީއެސްއޭ ބައްދަލުވުމުގެ ޗެއަރކަން ވެސް ރާއްޖެއިން ވަނީ ކޮށްފައެވެ.
މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނިޔާޒު ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް ރޭވިފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ.

އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރިކަން ތަރައްގީކޮށް، މި ސިނާއަތުގެ ފައިދާ، ރަށުގެ އިގްތިޞާދަށާއި ރައްޔިތުންނަށް ފޯރުކޮށްދީ، ފަތުރުވެރިންނަށް ރާއްޖޭގެ ސަގާފަތާއި ތަރިކަ ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ވެސް ސްޓޭޓް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތައްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މި ލިއުމާއި ގުޅޭ