Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބޯހިޔާވަހިކަން

ބޯހިޔާވަހިކަމުގެ ބިލުގެ ދަށުން ހައުސިންގ ފަންޑު ގާއިމްކުރަން ޖެހޭ

ދިރިއުޅެން އެކަށީގެންވާ ތަނެއް ނެތް މީހުންނަށް އެހީތެރިވާން ހައުސިންގ ގަނޑު ގާއިމްކުރުން ހިމަނައި ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް "ބޯހިޔާވަހިކަމުގެ ބިލު" ހުށަހަޅައިފިއެވެ.

ބިލުގެ ހަތްވަނަ ބާބުގައި ހިމެނޭ ހައުސިންގ ފަންޑުގެ މައިގަނޑު މަގްސަދަކީ، މާލީ ތަނަވަސްކަން ކުޑަ އާއިލާތަކަށް އެކަށީގެންވާ ދިރިއުޅޭނެ ތަންތަން ހޯދުމަށް މަގުފަހިކޮށްދިނުމެވެ. މި ފަންޑުގެ އެހީގައި އެފަދަ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، މި ގާނޫނަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި ހައުސިންގ ފަންޑު ގާއިމްކުރަންޖެހެއެވެ.

ބޯހިޔާވަހިކަމުގެ މި ބިލުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކުގެ ހާލަތު ދިރާސާކުރުމާއި، މާލީ ތަނަވަސްކަން ކުޑަ އާއިލާތަކަށް ހާއްސަ ޕްރޮގްރާމްތައް ހިންގުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގާ ފަރާތްތައް ރެގިއުލޭޓްކުރުން ހިމެނެއެވެ. މީގެ އިތުރުން، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ތަރައްގީކުރާ ތަންތަނުގައި ހުންނަންޖެހޭ އަސާސީ މިންގަނޑުތައް ކަނޑައެޅުމާއި، އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމްކުރުން ހިމެނެއެވެ.

ބިލުގައިވާ ގޮތުން، ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތު ކަނޑައަޅަންޖެހެނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި މި ސިޔާސަތު ކޮންމެ ފަސް އަހަރަކުން މުރާޖާކުރަން ޖެހޭނެއެވެ. އަދި ބޯހިޔާވަހިކަމުގެ ގައުމީ ސްޓްރެޓެޖީއެއް އެކުލަވާލުމަކީ ކަމާބެހޭ މިނިސްޓަރުގެ ޒިންމާއެކެވެ.
ބިލުގައި ފާހަގަކޮށްފައިވާ އެންމެ މުހިންމު ކަންތައްތަކުގެ ތެރޭގައި، ބިލަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމުގެ ހާލަތު ދެނެގަތުމަށް ސާވޭއެއް ހެދުން ހިމެނެއެވެ. މި ސާވޭ އާންމުކޮށް ޝާއިޢުކުރުމަށްފަހު، އޭގައި ފާހަގަކުރެވޭ ކަންކަމަށް އަޅާނެ ފިޔަވަޅުތައް ތިން މަސް ދުވަހުގެ ތެރޭގައި މިނިސްޓްރީން ކަނޑައަޅަންޖެހެއެވެ.
މި ލިއުމާއި ގުޅޭ