Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ

ޔުޓިލިޓީ މަސައްކަތްތައް ނިމުމުން ކޮޅުފުށީ ރޯހައުސްތައް ހަވާލުކުރާނަން: މިނިސްޓްރީ

މ.ކޮޅުފުށީގައި އިމާރާތްކޮށްފަވާ ރޯހައުސްތަކުގެ މަސައްކަތް ހުރީ ނިމިފައިކަމަށާއި ޔުޓިލިޓީގެ ޚިދުމަތްތައް ނިންމައި އެ ގެތައް ވަރަށް އަވަހަށް ހަވާލުކުރެވޭނެކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގެ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފިއެވެ.

ކޮޅުފުށީގައި 100 ރޯހައުސް އިމާރާތްކުރުމުގެ މަސައްކަތް ފަށާފައިވަނީ 2019ވަނަ އަހަރުގައެވެ. ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން މަސައްކަތްތައް ވަރަށް ބޮޑަށް ލަސްވެގެންގޮސްފައިވާއިރު އެ މަޝްރޫޢު އަލުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންއާއި ހަވާލުކޮށްގެން ފެށީ 2023ވަނަ އަހަރުގެ ފެބްރުއަރީމަހުއެވެ.

މި ރޯ ހައުސްތަކުގެ އިމާރާތްކުރުމާއި ގުޅޭ ހުރިހާ މަސައްކަތްތައް މިހާރު ނިންމާފައިވާއިރު ކޮންޓްރެކްޓަރު މިހާރު އެ މަޝްރޫއު ސަރުކާރާ ވަނީ ހަވާލުކޮށްފައެވެ.

ހައުސިންގ މިނިސްޓްރީން ބުނީ ޔުޓިލިޓީ ޚިދުމަތްތަކުގެ މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށާއި މި މަސައްކަތް އަވަހަށް ނިންމައި، ގެތަކުގެ ވެރިންނާ ހަވާލުކުރެވިގެންދާނެކަމަށެވެ.

ކޮޅުފުށީ ރޯ ހައުސްތަކުގެ ބޮޑު މިނުގައި 1200 އަކަފޫޓު ހުންނައިރު ކޮންމެ ރޯހައުސްއެއްގައި ތިން ކޮޓަރިއާއި ތިން ފާޚަނާ، ސިޓިންރޫމް، ބަދިގެ އަދި ލޯންޑްރީއާއި ސްޓޯ ރޫމް ހުރެއެވެ.

މި ލިއުމާއި ގުޅޭ