Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލީ ވުޒާރާ

57 ރަށެއްގައި ހައުސިންގ ޔުނިޓް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަނީ

ރާއްޖޭގެ 57 ރަށެއްގައި ހައުސިންގ ޔުނިޓްތައް އަޅައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ވަކި ވަކިން ކޮށްފައިވާ އިއުލާނުތަކެއްގައި ބުނެފައިވަނީ، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްފެޓިޓިވް ބިޑިން (އައިސީބީ) އުސޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތުގެ މަތިން ކަމަށެވެ.

މި ޕްރީކޮލިފިކޭޝަންގައި ބައިވެރިވުމަށް 1500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށް ފިނޭންސްގެ އިއުލާނުގައި ބުނެފައިވާއިރު މި ހުރިހާ އިއުލާނެއްގައިވެސް ވާގޮތުން ފައިސާ ބަލައިގަތުން މާދަމާ އިން ފެށިގެން ކުރިއަށްދާނެއެވެ.

ހައުސިންގ ޔުނިޓް އަޅަން އިއުލާނުކޮށްފައިވާ ރަށްތައް:

ހައުސިންގ ޔުނިޓުތައް އެޅުމަށް ކޮށްފައިވާ އެއް އިއުލާނުގައި ވަނީ 15 ރަށެއްގައި 60 އާއި 200 އާ ދެމެދުގެ ހައުސިންގ އެޅުމަށެވެ.

  • - ސ. ހުޅުދޫގައި 100 ހައުސިންގ ޔުނިޓް
  • - ހދ. ނެއްލައިދޫގައި 60 ހައުސިންގ ޔުނިޓް
  • - މ. ދިއްގަރުގައި 75 ހައުސިންގ ޔުނިޓް
  • - ހއ. އިހަވަންދޫގައި 200 ހައުސިންގ ޔުނިޓް
  • - ހދ. މަކުނުދޫގައި 100 ހައުސިންގ ޔުނިޓް
  • - ނ. ކެނދިކުޅުދޫގައި 100 ހައުސިންގ ޔުނިޓް
  • - ރ. މަޑުއްވަރީގައި 100 ހައުސިންގ ޔުނިޓް
  • - ރ. އިނގުރައިދޫގައި 100 ހައުސިންގ ޔުނިޓް
  • - ބ. ތުޅާދޫގައި 100 ހައުސިންގ ޔުނިޓް
  • - ޅ. ހިންނަވަރުގައި 100 ހައުސިންގ ޔުނިޓް
  • - ތ. ވިލުފުށީގައި 100 ހައުސިންގ ޔުނިޓް
  • - ގދ. ގައްދޫގައި 100 ހައުސިންގ ޔުނިޓް
  • - ސ. މަރަދޫގައި 100 ހައުސިންގ ޔުނިޓް
  • - ސ. މަރަދޫފޭދޫގައި 100 ހައުސިންގ ޔުނިޓް
  • - ސ. މީދޫގައި 100 ހައުސިންގ ޔުނިޓް

ދެން އިއުލާނުކޮށްފައިވަނީ 150 އާއި 225 އާ ދެމެދުގެ ހައުސިންގ ޔުނިޓް 14 ރަށެއްގައި އެޅުމަށެވެ.

  • - ށ. ފޯކައިދޫގައި 150 ހައުސިންގ ޔުނިޓް
  • - އދ. މަހިބަދޫގައި 150 ހައުސިންގ ޔުނިޓް
  • - ހއ. ދިއްދޫގައި 200 ހައުސިންގ ޔުނިޓް
  • - ހއ. ހޯރަފުށީގައި 200 ހައުސިންގ ޔުނިޓް
  • - ށ. މިލަންދޫގައި 200 ހައުސިންގ ޔުނިޓް
  • - ރ. ދުވާފަރުގައި 200 ހައުސިންގ ޔުނިޓް
  • - ފ. ނިލަންދޫގައި 200 ހައުސިންގ ޔުނިޓް
  • - ދ. މީދޫގައި 200 ހައުސިންގ ޔުނިޓް
  • - ގދ. މަޑަވެލީގައި 200 ހައުސިންގ ޔުނިޓް
  • - ސ. ފޭދޫގައި 200 ހައުސިންގ ޔުނިޓް
  • - ގއ. ވިލިނގިލީގައި 225 ހައުސިންގ ޔުނިޓް
  • - ހދ. ނޮޅިވަރަންފަރުގައި 250 ހައުސިންގ ޔުނިޓް
  • - މ. މުލިގައި 300 ހައުސިންގ ޔުނިޓް
  • - ޅ. ނައިފަރުގައި 400 ހައުސިންގ ޔުނިޓް

ތިން ވަނައަށް ކޮށްފައިވާ އިއުލާނުގައިވަނީ 10 ރަށެއްގައި 50 ހައުސިންގ ޔުނިޓު އެޅުމަށެވެ.

  • - ރ. ރަސްމާދޫގައި 50 ހައުސިންގ ޔުނިޓް
  • - ޅ. ކުރެންދޫގައި 50 ހައުސިންގ ޔުނިޓް
  • - ކ. ގުރައިދޫގައި 50 ހައުސިންގ ޔުނިޓް
  • - މ. ކޮޅުފުށީގައި 50 ހައުސިންގ ޔުނިޓް
  • - ތ. ހިރިލަނދޫގައި 50 ހައުސިންގ ޔުނިޓް
  • - ގއ. ގެމަނަފުށީގައި 50 ހައުސިންގ ޔުނިޓް
  • - ގއ. ކޮލަމާފުށީގައި 50 ހައުސިންގ ޔުނިޓް
  • - ގދ. ހޯނޑެއްދޫގައި 50 ހައުސިންގ ޔުނިޓް
  • - ގދ. ފަރެސްމާތޮޑާގައި 50 ހައުސިންގ ޔުނިޓް
  • - ގދ. ފިޔޯރީގައި 50 ހައުސިންގ ޔުނިޓް

ދެންކޮށްފައިވާ އިއުލާނުގައި ވަނީ 30 އާއި 50 ހައުސިންގ ޔުނިޓް އަށް ރަށެއްގައި އެޅުމަށެވެ.

  • - އދ. ދިގުރަށުގައި 30 ހައުސިންގ ޔުނިޓް
  • - ހއ. ކެލާގައި 50 ހައުސިންގ ޔުނިޓް
  • - ހއ. އުތީމުގައި 50 ހައުސިންގ ޔުނިޓް
  • - ހދ. ކުރިނބީގައި 50 ހައުސިންގ ޔުނިޓް
  • - ށ. ކޮމަންޑޫގައި 50 ހައުސިންގ ޔުނިޓް
  • - ނ. މަނަދޫގައި 50 ހައުސިންގ ޔުނިޓް
  • - ނ. މިލަދޫގައި 50 ހައުސިންގ ޔުނިޓް
  • - ރ. އިންނަމާދޫގައި 50 ހައުސިންގ ޔުނިޓް

ފިނޭންސުން ދެން އިއުލާނުކޮށްފައިވަނީ 500 އާއި 2000 އާ ދެމެދުގެ ހައުސިންގ ޔުނިޓް 10 ރަށެއްގައި އެޅުމަށެވެ.

  • ހދ. ހަނިމާދޫގައި 500 ހައުސިންގ ޔުނިޓް
  • ރ. އުނގޫފާރުގައި 500 ހައުސިންގ ޔުނިޓް
  • ދ. ކުޑަހުވަދޫގައި 500 ހައުސިންގ ޔުނިޓް
  • ލ. ގަމުގައި 500 ހައުސިންގ ޔުނިޓް
  • ލ. ފޮނަދޫގައި 500 ހައުސިންގ ޔުނިޓް
  • ގދ. ތިނަދޫގައި 500 ހައުސިންގ ޔުނިޓް
  • ޏ. ފުވައްމުލަކުގައި 500 ހައުސިންގ ޔުނިޓް
  • ސ. ހިތަދޫގައި 500 ހައުސިންގ ޔުނިޓް
  • ކ. ތުލުސްދޫގައި 550 ހައުސިންގ ޔުނިޓް
  • ހދ. ކުޅުދުއްފުށި ސިޓީގައި 2000 ހައުސިންގ ޔުނިޓް

ފިނޭންސުން ކުރި އިއުލާނުތަކުގައި ބުނެފައިވަނީ ބީލަން ޕޯޓަލް މެދުވެރިކޮށް ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހެޅޭނީ ބީލަން ޕޯޓަލްއަށް ރަޖިސްޓަރީވާ ފަރާތްތަކަށްކަމަށާއި މި މަސައްކަތަށް ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚުގެ މަދުވެގެން ތިން ދުވަސް ކުރިން ބީލަން ޕޯޓަލް ރަޖިސްޓަރޭޝަން ފުރިހަމަ ކުރަންޖެހޭނެކަމަށެވެ.

މި ލިއުމާއި ގުޅޭ