Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު އިހުސާން

ރައްޔިތުންގެ ޒާތީ މަޢުލޫމާތު ލީކުވުން ހުއްޓުވިއްޖެ: އިހުސާން

ދައުލަތުގައި ހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު މީގެ ކުރިން ލީކުވެފައިވީ ނަމަވެސް، މިހާރު އެކަން ހުއްޓުވިފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، 2014 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ ޒާތީ މައުލޫމާތު ހިމެނޭ ޑޭޓާތައް ލީކުވެ، ބައެއް ސިޔާސީ ފަރާތްތަކުން އެ މަޢުލޫމާތު ސިޔާސީ ބޭނުންތަކަށް ބޭނުންކޮށްފައިވާ ކަމަށެވެ.

"އޭގެ ތެރޭގައި ސިސްޓަމްތެރޭގައި އެކްސެސް ލޮގްތަކާއި އޮޑިޓެޑް ލޮގްތައް ހުރިކަން ކަށަވަރުކޮށްފައިވާނެ. އަދި ޕެނެޓްރޭޝަން ޓެސްޓެއް ހަދައި ސިސްޓަމް ޕެޗްކޮށްފައިވާނެ," މިނިސްޓަރ ވިދާޅުވިއެވެ.

މި ސަރުކާރުން ޑޭޓާ ރައްކާތެރިކުރުމަށް އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ސިސްޓަމަށް ދީފައިވާ އޭޕީއައިތަކުގައި ސިގްނޭޗަރތައް އެކުލަވާލުމާއި، މުވައްޒަފުންނަށް ޑޭޓާއަށް އެކްސެސް ދެވިފައިވަނީ ހަމައެކަނި ރަސްމީ މަސައްކަތަށް ބޭނުންވާ މިންވަރަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އިތުރަށް މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ޑިޖިޓަލައިޒޭޝަންގެ ސިޔާސަތުގެ ދަށުން "މޯލްޑިވްސް 2.0" ގެ ނަމުގައި އީފާސްގެ ޚިދުމަތް ހަރުދަނާކޮށް، ޑިޖިޓަލް އައިޑެންޓިޓީ އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތްތައް ވަނީ ފެށިފައެވެ. މި މަސައްކަތުގެ ސަބަބުން އީފާސްއަކީ ކުރިއަށް އޮތްތަނުގައި ރާއްޖޭގައި މުއާމަލާތް ކުރުމަށް ބޭނުންވާ މައުލޫމާތު ހިމެނޭ މައިގަނޑު އައިޑެންޓިޓީއަށް ވެގެންދާނެއެވެ.

މި ލިއުމާއި ގުޅޭ