ސްޓެލްކޯއިން ހާމަކުރި ގޮތުގައި، ފުރަތަމަ މަޢުލޫމާތު ސެޝަން އޮންނާނީ 2025 އޭޕްރީލް 24 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އިން 12:00 އަށް ސްޓެލްކޯގެ ޓްރެއިނިންގ ރޫމްގައެވެ. މި ސެޝަން ބޭއްވޭނީ ސްޓެލްކޯ އިމާރާތުގެ ފަސްވަނަ ފަންގިފިލާގައި ހުންނަ ޓްރެއިނިންގ ރޫމްގައި ކަމަށާއި، މިއީ ވޯކް-އިން އިންފޮމޭޝަން ސެޝަނެއްގެ ގޮތުގައި ބޭއްވޭ ސެޝަނެއް ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯއިން އިތުރަށް ހާމަކުރި ގޮތުގައި، މި ދެ ސެޝަންގައިވެސް "މެރިޓް ބޭސްޑް އިންޖިނިއަރިންގ ސްކޮލަރޝިޕް" އާ ގުޅޭ ހުރިހާ މަޢުލޫމާތެއް ދެވިގެންދާނެއެވެ. މި ސްކޮލަރޝިޕް ޕްރޮގްރާމަކީ ސްޓެލްކޯއިން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށްވާތީ، މި ސެޝަންތަކުގައި ދެވޭ މަޢުލޫމާތަކީ ޝައުޤުވެރިވާ ފަރާތްތަކަށް ވަރަށް މުހިންމު މަޢުލޫމާތުތަކެއް ކަމުގައި ބެލެވެއެވެ.