Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓެލްކޯ

ހުޅުމާލެ ފޭސް ދޭއްގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑޭނެ

ހުޅުމާލެ ފޭސް ދޭއްގެ ބައެއް ސަރަހައްދުތަކުން މާދަމާ (17 އެޕްރީލް 2025)ގައި ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހާމަކޮށްފިއެވެ.

"އެކްސް" ގައި ޙިއްސާކޮށްފައިވާ ޕޯސްޓެއްގައި ސްޓެލްކޯ އިން ބުނެފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކުރަންޖެހޭ އެމަރޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށްޓަކައި މާދަމާ އެސަރަހައްދުގެ ބައެއްގެ ކަރަންޓު ކަނޑާލުމަށް ނިންމާފައިވާކަމަށެވެ.

ސްޓެލްކޯއިން އިތުރަށް ބުނެފައިވާ ގޮތުގައި، މާދަމާ (ބުރާސްފަތި ދުވަހުގެ) ހެނދުނު 9:30 އިން 10:30 އަށް އެމްއޭސީއެލް، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އެސްޓީއޯ ޓަވަރުތައް އަދި ހޯކްސް ޕެޓްރޯލް ޝެޑުން ކަރަންޓުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލެވޭނެއެވެ.

ނަމަވެސް ސްޓެލްކޯއިން ވަނީ މަސައްކަތް ނިމުމާއެކު ވީ އެންމެ އަވަހަކަށް ކަރަންޓުގެ ޚިދުމަތް އަލުން ދޭން ފެށޭނެކަމަށް ބުނެފައެވެ. އަދި މި މަސައްކަތަކީ ކަސްޓަމަރުންނަށް މެދުނުކެނޑި އެންމެ ފުރިހަމަ ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއް ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

"މިފަދަ ޙާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ކަރަންޓު ކަނޑާލަންޖެހުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން،" ސްޓެލްކޯއިން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ