މާލޭގެ ބައެއް ސަރަހައްދު ތަކުން މިއަދު މެންދުރުފަހު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އެލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ މިއަދު އެ ކުންފުނީގެ ކަރަންޓު ވިއުގަ އަދާހަމަ ކުރުމުގެ މަސައްކަތެއް ކުރާތީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށެވެ. ކަރަންޓު ކެނޑޭނެ ކަމަށް ލަފާކުރަނީ މިއަދުގެ މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު ކަމަށެވެ.
އެ ކުންފުނީ ކަރަންޓު ކެނޑޭނީ އިއްޒުއްދީން މަގު، ފުލޫނިޔާ މަގު، ފުލޫނިޔާ ގޯޅި، ޝަހީދުއަލީ ހިނގުން އަދި މުނިޔަ މަގު ހިމެނޭ ސަރަޙައްދުން ކަމަށެވެ.
ކަރަންޓު ކެނޑުމުން ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން މާފަށް އެދިފައިވެއެވެ.