Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ގެދޮރުވެރިޔާ

ފްލެޓާ ގުޅިގެން 5000 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވޭ

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން އާންމުކުރި 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓާ ގުޅިގެން ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ޖުމްލަ 5236 ޝަކުވާ ހުށަހަޅާފައިވާކަމަށް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިނިސްޓްރީއިން ނެރެފައިވާ ނޫސްބަޔާނުގައި ހާމަކޮށްފައިވަނީ ފެބްރުއަރީ 27 ވަނަ ދުވަހު މިނިސްޓްރީއިން އާންމުކުރި ފްލެޓް ލިސްޓާ ގުޅިގެން މާރިޗު 1 އިން އޭޕްރިލް 15 އާ ހަމައަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާކަމެވެ. މި މުއްދަތުގައި ޖުމްލަ 4625 އެޕްލިކަންޓުން ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 2555 އެޕްލިކަންޓުންނަކީ ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓުގައި ހިމެނޭ ފަރާތްތައް ކަމަށްވެސް ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މިނިސްޓްރީން ހުޅުވާލި އީމެއިލް އެޑްރެހަށް 2840 އީމެއިލް ލިބިފައިވާއިރު، މިނިސްޓްރީގެ ކައުންޓަރަށް 526 ސިޓީ ހުށަހަޅާފައިވެއެވެ. އީމެއިލް އަދި ސިޓީ މެދުވެރިކޮށް ހުށަހަޅާ ޝަކުވާތަކުގެ ތެރެއިން މިނިސްޓްރީން ބަލާނީ ހަމައެކަނި ލިސްޓުގައި ހިމެނޭ ފަރާތްތަކާ ގުޅިގެން ތިންވަނަ ފަރާތަކުން ހުށަހަޅާ ޝަކުވާތައްކަމަށް އެތަނުން ވަނީ ހާމަކޮށްފައެވެ.

ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ކޮންމެ އެޕްލިކަންޓަކަށްވެސް އެއް ޝަކުވާއަށްވުރެ ގިނަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދީފައިވާކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ