Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

އެއްބުރުން ވޯޓުލައިގެން ސަރުކާރެއް އުފައްދާ އުސޫލަށް ތާއީދުކުރަން: ނަޝީދު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި އެއްފަހަރާ ވޯޓު ލައިގެން ސަރުކާރު އުފައްދާ އުސޫލަށް ތާއީދުކުރައްވާކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފި އެވެ.

އެކްސްގައި ޕޯސްޓުކުރައްވަމުން ނަޝީދު ވިދާޅުވީ، ޕްރިފެރެންޝަލް ވޯޓަކާ އެކު ނަމަ އެއްބުރުން ވޯޓުލައި ނިންމާ ސަރުކާރެއް އުފައްދާ އުސޫލަކީ ރަނގަޅު އުސޫލެއް ކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

އެއްބުރުން ވޯޓުލައިގެން ސަރުކާރެއް އުފެއްދުން ނުވަތަ ޕްރިފެރެންޝަލް ވޯޓިން ސިސްޓަމްގެ ބަހުސް އަނެއްކާވެސް ތިލަވެފައި ވަނީ، މިކަން ކުރުމަށް ގާނޫނަށް ބަދަލު ގެނައުމަށް މަޖިލިސް މެންބަރުންގެ ހިޔާލަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަތް ކަމަށް ވާހަކަ ދެކެވެން ފެށުމާ އެކު އެވެ.

ރައީސް ނަޝީދު ވެސް މިކަމަށް ތާއީދުކުރައްވާފައިވާއިރު، ސަރުކާރަށް ތާއީދުކުރާ ގިނަ ބަޔަކު އަންނަނީ ޕްރިފެރެންޝަލް ވޯޓިން ސިސްޓަމަށް ބަދަލުކުރުމަށް ތާއީދުކޮށް، ޕްރޮމޯޓުކުރަމުންނެވެ.

ނޮވެމްބަރު 11 ގައި ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވެސް ރައީސް ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވައިލައި، ޕްރިފެރެންޝަލް ވޯޓިން ނިޒާމަކަށް ބަދަލުކުރުމަށް ވިސްނަވަމުން އަންނަކަން އިއުލާންކުރައްވާފަ އެވެ.

ރައީސް އޭރު ވިދާޅުވީ އެއީ އަވައްޓެރި ބައެއް ގައުމުތަކުން ވެސް މިހާރު އަމަލުކުރަމުން އަންނަ ނިޒާމެއް ކަމަށާއި، އެގޮތަށް ބަދަލުކުރުމަކީ އެންމެ ހަރަދުކުޑަ ގޮތް ކަމަށެވެ. އެއްބުރުން ވޯޓުލައި ސަރުކާރު ހޮވުމާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލްއަށް ލަފާދެއްވައި، އެއީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތްތޯ ދިރާސާކުރައްވަމުން ދާކަމަށް އޭރު ރައީސް ވިދާޅުވި އެވެ.

ޕްރިފެރެންޝަލް ވޯޓިން ސިސްޓަމަކީ ގިނަ ގައުމުތަކަކުން މިހާރުވެސް ބޭނުންކުރަމުން އަންނަ ސިސްޓަމެކެވެ. އެކަމަކު ހުރިހާ ގައުމުތަކެއްގައި ވެސް މި ސިސްޓަމް ތަންފީޒުކުރާ ގޮތް ތަފާތެވެ. ކޮންމެ ބަޔަކު ވެސް އަމަލުކުރަނީ އެގައުމެއްގެ ގާނޫނު ހަދާ މަޖިލީހާއި، އިންތިހާބާ ބެހޭ މަރުކަޒުތަކުން އެކުލަވާލާ އުސޫލުތަކަށް ފެތޭ އެބައެއްގެ އަމިއްލަ ނިޒާމެކެވެ. އަވައްޓެރި ލަންކާ އަދި އިންޑިއާގައި ވެސް ރިޔާސީ އިންތިހާބުގައި ވޯޓު ދެނީ މި ޕްރިފެރެންޝަލް ސިސްޓަމަށެވެ. މި ސިސްޓަމް އެންމެ ފައްކާވެފައި އޮތް ގައުމަކީ އޮސްޓްރޭލިއާ އެވެ.

މި ލިއުމާއި ގުޅޭ