Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

މިވަގުތު އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުން: ނަޝީދު

ދިވެހިރާއްޖެއަށާއި އެމްޑީޕީއަށް މި ވަގުތު އެންމެ ރަނގަޅު ގޮތަކީ އެ ޕާޓީއާ ޑިމޮކްރެޓްސް ގުޅުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި މި ވަގުތު ރާއްޖެއަށާއި އެމްޑީޕީއަށް އަދި ޑިމޮކްރެޓްސްއަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުން،" ނަޝީދުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު ޑިމޮކްޓެސްގެ ބައެއް އިސް ބޭފުޅުން ވަނީ އެ ޕާޓީން ވަކިވެ އެމްޑީޕީއަށް ބަދަލުވެފައެވެ.

މީގެއިތުރުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެސް ވާދަކުރައްވަފާނެ ކަމުގެ އަޑު ވެސް މިދުވަސްވަރު ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.

މި ލިއުމާއި ގުޅޭ