Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

ސިފައިންގެ ހިނގާލުމުގައި، އަލަށް ގެނައި ޒަމާނީ އުޅަނދުތައް ދައްކާލައިފި

ދިވެހި އަސްކަރިއްޔާ އަށް މުޅިން އަލަށް ގެނައި އުޅަނދުތައް މިއަދު ބޭއްވި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ޕެރޭޑުގައި ދައްކާލައިފިއެވެ.

މިއަދު ބޭއްވި ހިނގާލުން ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

މި ޕެރޭޑުގައި އަސްކަރިއްޔާއަށް އަލަށް ގެނައި އާމާޑް ވެހިކަލްތައް ވަނީ ދައްކާލާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ މިދިޔަ އެއްމަސް ދުވަހުގެ ތެރޭގައި ރާއްޖެ ގެނައި އުޅަނދުތަކެވެ.

އެމްއެންޑީއެފްގެ ކޮމާންޑް ސާޖަން، މޭޖާ އަބްދުﷲ ސައީދު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިއީ އަޖުބާންގެ އެންމެ ފަހުގެ ވެހިކަލްތަކެއް ކަމަށާއި، މި ވެހިކަލްތައް މަޑު ފަސްގަނޑުތަކާއި ހަރުކޮށް ހުންނަ ތަންތަނުގައިވެސް ބޭނުންކުރެވޭ ގޮތަށް ހުރި ވެހިކަލްތަކެއް ކަމަށެވެ.

މި ވެހިކަލްތައް އޭރިއާ ކޮމާންޑުތަކާއި މާލޭ ސަރަހައްދުގައި ބޭނުންކުރުމަކީ ދިވެހި އަސްކަރިއްޔާއަށް ލިބިގެންދާ ވަރަށް ބޮޑު ފުރިހަމަކަމެއް ކަމަށާއި، މިއީ ދިފާއީ ގޮތުން ދިވެހި ސިފައިންގެ ގާބިލުކަމަށް އިތުރުވެގެންދިޔަ އާ ބޮޅެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުރީގައި ދިވެހި އަސްކަރިއްޔާއިން އެއްގަމު ސަރަހައްދުތަކުގައި ހަރަކާތްތެރިވާނޭ ވެހިކަލްތައް ގެންގުޅުނު ނަމަވެސް، މިއީ މި ޒާތުގެ އުޅަނދުތައް ގެނައި ފުރަތަމަ ފަހަރުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މި ހިނގާލުމުގެ މައިގަނޑު މަގްސަދަކީ ދިވެހި އަސްކަރިއްޔާގެ މުހިންމުކަން ހާމަކޮށް، ގައުމުގެ ދިފާއުގައި އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި އޮންނަކަން ދެއްކުމެވެ. މީގެ އިތުރުން ރައްޔިތުންނާއި ކުޑަކުދިންގެ ހިތްތަކުގައި ޤައުމީ ލޯބި އަށަގެންނެވުމަކީވެސް މި ހިނގާލުމުގެ މުހިންމު މަގްސަދެކެވެ.

މި ލިއުމާއި ގުޅޭ