Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނޭޝަނަލް ޑްރަގްސް އެޖެންސީ

އެންޑީއޭއަށް ވޮލަންޓިއަރުން ހޯދަނީ

ނެޝަނަލް ޑްރަގް އެޖެންސީން ވޮލަންޓިއަ ޕިއަ ވޯކާސްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެންޑީއޭއިން ވަނީ އޭޖެންސީގެ ދަށުން ހިންގާ ސެންޓަރުތަކުގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކުން ސީ.ވީ އާއިއެކު ސިޓީ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އެހެންކަމުން އެ މަސައްކަތުގައި ބައިވެރިވެ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް އެންޑީއޭއިން ވަނީ އެދިފައެވެ.
ޖުމްލަ 30 މީހުންނަށް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ގްރޭޑް 7 ނިންމާފައިވުމާއި މަސްތުވާތަކެތީގެ ފަރުވާއެއް ފުރިހަމަކޮށް މަސްތުން ސާފުވެފައިވާ މީހަކަށް ވުން ހިމެނެއެވެ.
މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ތަންތަނުގެ ތެރޭގައި އެންޑީއޭ، ހިންމަފުށީގައި ގާއިމްކޮށްފައިވާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު، ހުޅުމާލޭގައި ގާއިމްކޮށްފައިވާ ހާފްވޭހައުސް، ދަގެނާ އަދި ސ.ހުޅުދޫގައި ގާއިމްކޮށްފައި ހުރި ވިލުނު ސެންޓަރު ހިމެނެއެވެ.
މީގެ އިތުރުން ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ( ގދ. ތިނަދޫ، ސ.ހިތަދޫ، ޏ، ފުވައްމުލައްސިޓީ )ގައި ވެސް މަސައްކަތް ކުރުމުގެ ފުރުސަތު އެންޑީއޭއިން ވަނީ ހުޅުވާލާފައެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން [email protected] އަށް މެއިލް ކުރުމަށް އެންޑީއޭއިން ވަނީ އެދިފައެވެ. އިތުރު މައުލޫމާތު 3312018 އަށް ގުޅައިގެން ހޯދޭނެއެވެ.

މި ލިއުމާއި ގުޅޭ