Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނޭޝަނަލް ޑްރަގްސް އެޖެންސީ

ތިން ރަށެއްގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ގާއިމްކުރުމަށް އާރުޑީސީއާ ހަވާލުކޮށްފި

އަތޮޅުތެރޭގެ ތިން ރަށެއްގައި މަސްތުވާތަކެތި ބޭނުންކުރުމަށް ދެވިހިފާފައި ތިބޭ މީހުންނަށް ފަރުވާދިނުމަށް ހާއްސަ ރިހެބިލިޓޭޝަން ސެންޓަރުތަކެއް ގާއިމްކުރުމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން އާރުޑީސީއާ ހަވާލުކޮށްފި އެވެ.

އެންޑީއޭއާ އާރުޑީސީއާ ދެމެދު އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ސެންޓަރު ގާއިމްކުރުމަށް ހަމަޖެހިފައި ވަނީ ލ. ގަމާއި، ނ. ވެލިދޫގެ އިތުރުން ކ. ކާށިދޫގަ އެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުން މުޖުތަމަޢުގައި ބައިތިއްބައިގެން ފަރުވާދެވޭނެ ނިޒާމެއް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒެކެވެ. އެމަނިކުފާނު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން މުޖްތަމައުން ބާކީކޮށްލުމަށްވުރެ އެެމީހުން މުޖްތަމައުގައި ބައިތިއްބައިގެން ފަރުވާ ދިނުމަކީ މި މައްސަލައަށް އޮތް މުހިންމު ހައްލެއް ކަމަށެވެ.

"ކޮމިއުނިޓީ ބޭސްޑް ގޮތަށް ރިހެބިލިޓޭޓްކޮށް، އިސްލާމް ދީނުގެ ހަމަތަކުގެ މަތިން އެ ކުދިންނަށް ތަޢުލީމާއި ތަރުބިއްޔަތުދީ ހަދައިގެން، އަނބުރާ މުޖުތަމަޢަށް ބޭނުންތެރި ކުދިންގެ ގޮތުގައި ގެނައުމަކީ އަޅުގަނޑުމެން އެންމެންވެސް ބޭނުންވާގޮތް. އެއީ އަޅުގަނޑުމެންގެ ސިޔާސަތަކީ. އެގޮތަށް އިރާދަކުރެއްވިއްޔާ ކުރިއަށްގެންދާނަން،"ރައީސް ވިދާޅުވެފައި ވެއެވެ.

މި ލިއުމާއި ގުޅޭ