Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް މާކެޓިން އެން ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ

ވިޒިޓް މޯލްޑިވްސްއިން "މޯލްޑިވިއަން އީވްނިންގ 2025" ގެނަމުގައި ހާއްސަ ހަފްލާއެއް ބާއްވަނީ

ވިޒިޓް މޯލްޑިވްސްއިން އޭޓީއެމް 2025 ގެ ތެރެއިން "މޯލްޑިވިއަން އީވްނިންގ 2025" ގެ ނަމުގައި ހާއްސަ ހަފްލާއެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މި ހަފްލާ އަމާޒުކޮށްފައިވަނީ ރާއްޖެއަކީ ގިނަ ކަންކަމަށް ފުރުސަތު އޮތް ފަހި މަންޒިލެއްގެ ގޮތުގައި ދައްކުވައިދިނުމަށެވެ.

2025 ވަނަ އަހަރުގެ އޭޕްރީލް 28 ވާ ބުރާސްފަތި ދުވަހުގެ ރޭ 7 އިން 11 އަށް ޑުބާއީގެ ތިއޭޓާ އޮފް ޑިޖިޓަލް އާޓް (ޓޯޑާ) ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަފްލާގައި ތިއޭޓަރު، މިއުޒިކް، ކެއުން، ފެޝަން އަދި ވާހަކަ ކިޔުމުގެ ޒަރިއްޔާއިން ރާއްޖޭގެ ފަތުރުވެރިކަމާއި، ސަގާފަތާއި، ފަހި ދަތުރުތަކުގެ ތަޖުރިބާތަކަށް އަލިއަޅުވާލެވޭނެއެވެ.

މި ހަފްލާގައި ދަތުރުފަތުރުގެ ވިޔަފާރީގެ ފަންނުވެރިންނާއި، މީޑިއާގެ މަންދޫބުންނާއި، ނުފޫޒުގަދަ ފަރާތްތަކާއި، ވީއައިޕީންނާއި، ސަރުކާރުގެ ސްޓޭކްހޯލްޑަރުން ބައިވެރިވާނެއެވެ. މި ހަފްލާ ފެށޭނީ ވިޒިޓް މޯލްޑިވްސްގެ އޮފިޝަލުންނާއި ހާއްސަ މެހެމާނުންނާއެކު ޓޯޑާގެ ފޯޔަރގައި ބާއްވާ ދިވެހި ރެޑް ކާޕެޓް ރިސެޕްޝަނަކުންނެވެ.
ހަފްލާގެ މައިގަނޑު ޕްރޮގްރާމްތަކުގެ ތެރޭގައި "ދިވެހި ޑްރީމްސް" ގެ ނަމުގައި ދައްކާ ކުރު ފިލްމަކާއި، "ދޮން ހިޔަލަ އާއި އަލިފުޅު" ގެ ތިއޭޓްރިކަލް ޕާފޯމަންސްއެއް ހިމެނެއެވެ. މީގެ އިތުރުން ޒަމާނީ ގޮތަކަށް ފަރުމާކޮށްފައިވާ ދިވެހި ހެދުންތަކުގެ ފެޝަން ޝޯއަކާއި، ލައިވް މިއުޒިކް އަދި ސަގާފީ ޑާންސް ޕާފޯމަންސްތައްވެސް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަފްލާގައި އިންޓަރެކްޓިވް ކޮންޓެންޓް ޒޯންތަކެއްވެސް ހިމެނޭނެއެވެ. މީގެ ތެރޭގައި 360 ޑިގްރީ އިމަރސިވް އެކްސްޕީރިއަންސްއާއި، ވާޗުއަލް ރިއަލިޓީ ރޫމެއްގެ އިތުރުން ދިވެހި އަތްތެރި މަސައްކަތްތައް ދައްކުވައިދޭ ޑިސްޕްލޭތަކެއް ހިމެނެއެވެ. ހަފްލާ ނިންމާލުމަށް ހަމަޖެހިފައިވަނީ ސްކައިރޮކް ބޭންޑުގެ ޚާއްސަ ޕާފޯމަންސަކުންނެވެ.

ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވެފައިވަނީ "މޯލްޑިވިއަން އީވްނިންގ 2025" އަކީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ރާއްޖެއެއް ތަޖުރިބާ ކޮށްލެވޭނެ ސެންސަރީ އިވެންޓަކަށް ވެގެންދާނެ ކަމަށެވެ.

އޭޓީއެމްގެ ސްޓްރެޓެޖިކް މުހިއްމުކަން ފާހަގަކޮށް، ވިޒިޓް މޯލްޑިވްސްއިން ވަނީ މިއަހަރުގެ ފްލޭގްޝިޕް ފެއާގެ ގޮތުގައި އޭޓީއެމް ޑުބާއީ 2025 ކަނޑައަޅާފައެވެ. އަދި ވިޒިޓް މޯލްޑިވްސްއިން މަސައްކަތްކުރަނީ ވިޔަފާރީގެ ދާއިރާއާއި މީޑިއާއާ ގުޅުން ބަދަހިކޮށް، ރާއްޖެއަކީ ފަތުރުވެރިން އެންމެ ދާން ބޭނުންވާ މަންޒިލުގެ ގޮތުގައި ބައްޓަންކުރުމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ ޕްރޮޕަޓީތަކުން ލިބޭ ތަފާތު ހުށަހެޅުންތަކާއި ދިވެހި ތަޖުރިބާތަކަށް ހޭލުންތެރިކަން އިތުރުކުރުމަކީވެސް މި ހަރަކާތުގެ މުހިއްމު މަގުސަދެކެވެ.
މި ލިއުމާއި ގުޅޭ