Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެންޓި ކޮރަޕްޝަން ކޮމިޝަން

އެމްޓީސީސީގެ ހައުސިންގ ޕްރޮޖެކްޓުގެ މައްސަލައިގައި ފަސް މީހަކަށް ދަޢުވާކުރަން ޕީޖީ އަށް

އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކުރިއަށް ގެންދިޔަ ދެ ޓަވަރު އެޅުމުގެ ޕްރޮޖެކްޓާ ގުޅިގެން، މަސައްކަތް ހަވާލުކުރި ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލައިގައި ފަސް ފަރާތެއްގެ މައްޗަށް ދަޢުވާކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލައިގައި ދަޢުވާކުރުމަށް ހުށަހަޅާފައިވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ ހަސަން ޝާހް އާއި، ކުރީގެ ޖެނެރަލް މެނޭޖަރ ޝިފާޢު ޢަލީގެ އިތުރުން، ޓެންޑަރ އިވެލުއޭޝަން ކޮމިޓީގެ މެންބަރުންގެ ގޮތުގައި ތިބި ހުސައިން ޒުހުރީ، މުހައްމަދު ނާޡިމް އަދި އިސްމާޢީލް އަދުހަމްގެ މައްޗަޢްކަމަށެވެ.

އޭގެ އިތުރުން މި މައްސަލައިގައި ތުހުމަތު ކުރެވެނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 15 ފަންގިފިލާގެ ދެ ޓަވަރު އެޅުމުގެ މަސައްކަތް ހަވާލުކުރުމުގައި، ބޭރުގެ ކުންފުންޏަކަށް އިވެލުއޭޝަން ކްރައިޓީރިއާއާ ޚިލާފަށް ޕޮއިންޓް ދީ، އެއްބަސްވުމާ ޚިލާފުވެފައިވީ ނަމަވެސް، އެއްބަސްވުން ބާތިލުނުކޮށް އެޑްވާންސް އަދި ޕްރޮގްރެސް ޕޭމަންޓްތައް ދޫކޮށްފައިވާ ކަމަށް ވެސް އޭސީސީއިން ވަނީ ބުނެފައެވެ.

އޭސީސީގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، އެމްޓީސީސީއަށް 39 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މާލީ ގެއްލުން ވެފައިވެއެވެ. މި ފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމަށް ހުށަހަޅާފައިވަނީ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ އިތުރުން، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއަށެވެ.

އަދި ޝިފާޢު ޢަލީގެ މައްޗަށް އިތުރު ދަޢުވާއެއްގެ ގޮތުގައި ކުށެއް ކުރަން އުޅުމުގެ ދަޢުވާވެސް ކުރުމަށް ހުށަހަޅައިފައިވާނެ ކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން، އެމްޓީސީސީއަށް ލިބިފައިވާ އިތުރު މާލީ ގެއްލުންތައް ހިސާބުކޮށް، އެ ފައިސާ ހޯދުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވަނީ އެމްޓީސީސީއަށް އަންގާފައެވެ.

މި ލިއުމާއި ގުޅޭ