ޅުމާލެ ދެވަނަ ފިޔަވަހިން ބިމެއް ވިއްކާނެކަމަށްބުނެ، އޮޅުވާލައިގެން މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައިގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ކުރީގެ މުވައްޒަފަކަށް ދައުވާ ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ފޮނުވައިފިއެވެ.
އެޗްޑީސީގެ އެސްޓޭޓް އޮފިސަރެއްގެ މަޤާމުގައި ކުރިންހުރި ކ.މާލެ، މ.ސީވިންޑް، ފުތިޙަ ޝާކިރު ވަނީ ބިމެއް ވިއްކާނެކަމަށްބުނެ، އޮޅުވާލައިގެން މީހެއްގެ އަތުން ފަސް ލައްކަ ފަންސާސްހާސް ރުފިޔާ ނަގާފައެވެ.
މި މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅީ މިއަދުއެވެ.
އޭސީސީން ބުނީ 2022 ވަނަ އަހަރު އެޗް.ޑީ.ސީގެ ނަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން 2,600 އަކަފޫޓުގެ ބިމެއް ވިއްކާނެކަމަށް ބުނެ، ފުތިޙަ ޝާކިރު، އެޗް.ޑީ.ސީގެ ނަމުގައި ޞައްޙަނޫން ޕޭމަންޓް ސްލިޕްތަކެއް ތައްޔާރުކޮށް، ޖުމްލަ 550,000.00 ރުފިޔާ މީހެއްގެ އަތުން ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
މި މައްސަލާގައި ދަޢުވާކޮށްދިނުމަށްއެދި ހުށަހަޅާފައިވަނީ، ގާނޫނުލްއުގޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމުގެ ކުށުގެ ދަޢުވާއެވެ.
ބިން ވިއްކާނެކަމަށްބުނެ ފުތިޙަ ޝާކިރު ހޯދާފައިވާ ރުފިޔާ އެ ދަޢުވާގެ ތެރެއިން ހޯދުމަށްވެސް ވަނީ އެދިފައެވެ.