Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ

ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން އޭސީސީ އާއި ފުލުހުން އެގްރިކަލްޗާ މިނިސްޓްރީއަށް ވަދެއްޖެ

އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ ތެރޭ ހިނގަމުން އަންނަ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މިނިސްޓްރީއަށް ވަދެއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ދިޔަރެސް" އަށް ވިދާޅުވީ އޭސީސީން އިން އިސް ނަގައިގެން ހިންގާ ތަހުގީގަކާ ގުޅިގެން އެ ކޮމިޝަނާ އެކު ފުލުހުން މިވަގުތު އެގްރިކަލްޗާ މިނިސްޓްރީގައި ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އޭސީސީން އަދި ފުލުހުން މިހާތަނަށް ހިއްސާކޮށްފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި ފުލުހުންނާއި އޭސީސީއިން މިނިސްޓްރީއަށް ވަދެފައިވަނީ 2018 ވަނަ އަހަރުން ފެށިގެން އެ މިނިސްޓްރީ ތެރޭގައި ހިންގަމުން އަންނަ ކޮރަޕްޝަންގެ މައްސަލައެއްގެ ތަހުގީގަށް ކަމަށެވެ.

ނިމުނު ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައި އެގްރިކަލްޗާ މިނިސްޓްރީ ހިންގަމުން ގޮސްފައިވަނީ ފިޝަރީޒް މިނިސްޓްރީގެ ތެރެއިންނެވެ. ފިޝަރީޒް އާއި އެގްރިކަލްޗާ ވަކި ކުރީ މި ސަރުކާރުގައެވެ.

މި ލިއުމާއި ގުޅޭ