Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޖީ އޮފީސް

ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ޕީޖީއޯގެ ދެ ޕްރޮސިކިއުޓަރަކު ސަސްޕެންޑުކޮށްފި

ޖިންސީ ފުރައްސާރަކުރުމާއި އަޙްލާޤީ މިންގަނޑާ ޚިލާފުވުމުގެ މައްސަލައަކާ ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ދެ ޕްރޮސިކިއުޓަރަކު ސަސްޕެންޑު ކޮށްފިއެވެ.

އެ އޮފީހުން ބުނީ ޕީޖީއޯގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ގޮތުގެ ގަވާއިދުގެ ދަށުން އެ އޮފީހުގައި އެކުލަވާލާފައިވާ ސުލޫކީ މައްސަލަ ބަލާ ކޮމިޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެން، ދެ ޕްރޮސިކިއުޓަރަކު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

ޕީޖީއޯއިން ބުނީ ސުލޫކީ ކޮމިޓީން ބަލަމުންދަނީ ޖިންސީ ފުރައްސާރަކުރުމާއި، މި އޮފީހުން ޤަބޫލުކޮށް ހިފަހައްޓަމުންދާ އަޙްލާޤީ މިންގަނޑާ ޚިލާފުވުމުގެ މައްސަލައެއް ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހިއްސާކޮށްފައެއް ނުވެއެވެ.

ނަމަވެސް، މައްސަލައާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންތައްތަކެއް ހުރުމުން އެ މުއައްސަސާއިން ވެސް މައްސަލަ ތަހުގީގުކުރަމުންދާ ކަމުގައި ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މި ދެ ވަކީލުން ސަސްޕެންޑުކޮށްފައިވަނީ އެ މައްސަލަ ބަލައި ނިމެންދެންނެވެ.

މި ލިއުމާއި ގުޅޭ