Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޓީސީސީ

މިއަދު ހަވީރު ހުޅުމާލޭގެ ތިން ބަސް ސްޓޮޕެއްގެ ޚިދުމަތް މެދުކަނޑާލަނީ

މިއަދު ހަވީރު 4 އިން ފެށިގެން 6 އާ ހަމައަށް ހުޅުމާލޭގެ ތިން ސަރަހައްދެއްގެ ބަސް ސްޓޮޕުގެ ޚިދުމަތް މެދުކަނޑާލާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު އިއުލާނުކޮށްފިއެވެ.
އެމްޓީސީސީން މި ޚިދުމަތް މެދުކަނޑާލަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގެ މަގުތައް ބަންދުކުރަން ހަމަޖެހިފައިވާތީއެވެ. މި ގޮތުން ޚިދުމަތް މެދުކަނޑާލާ ބަސް ސްޓޮޕްތަކަކީ ސެންޓްރޯ މޯލް ބަސް ސްޓޮޕް، ހުޅުމާލެ ސިންތެޓިކް ޓްރެކް ބަސް ސްޓޮޕް އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަން ބަސް ސްޓޮޕް އެވެ.
މި ވަގުތީ ބަދަލާ ގުޅިގެން އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅައިގެން މަޢުލޫމާތު ސާފުކުރެވޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.
އެމްޓީސީސީން ފޯރުކޮށްދޭ ބަހުގެ ޚިދުމަތަކީ ހުޅުމާލޭގެ ގިނަ ރައްޔިތުން ބަރޯސާވާ މުހިންމު ޚިދުމަތެއް ކަމަށްވާތީ، މި ވަގުތީ ބަދަލާ ގުޅިގެން ދަތުރުފަތުރުގެ އިންތިޒާމުތައް ރާވާއިރު މި ކަމަށް ސަމާލުކަން ދިނުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައިވެއެވެ.
މި ލިއުމާއި ގުޅޭ