Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޓީސީސީ

އެމްޓީސީސީއިން ގިނަ އަދަދަކަށް ވަޒީފާގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ މަޝްރޫޢުތަކަށް 60 މުވައްޒަފުން ހޯދުމަށް އިޢުލާންކޮށްފިއެވެ.
އެމްޓީސީސީން ހޯދަމުންދަނީ ޓެކްނިކަލް އެސިސްޓެންޓުގެ މަޤާމަށް 20 މުވައްޒަފުންނާއި، ކާޕެންޓަރުގެ މަޤާމަށް 20 މުވައްޒަފުން އަދި މޭސަންގެ މަޤާމަށް 20 މުވައްޒަފުންނެވެ.
ޓެކްނިކަލް އެސިސްޓެންޓުގެ މަޤާމަށް ކުރިމަތިލެވޭނީ އަސާސީ ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށް ކަމަށްވާއިރު، ކާޕެންޓަރު އަދި މޭސަންގެ މަޤާމުތަކަށް ކުރިމަތިލެވޭނީ އެ ދާއިރާއިން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ.
މި މަޤާމުތަކަށް ހޮވޭ ފަރާތްތަކަށް ޓެކްނިކަލް އެސިސްޓެންޓުގެ މަޤާމަށް 10،000 ރުފިޔާ، އަދި ކާޕެންޓަރު އަދި މޭސަންގެ މަޤާމުތަކަށް 11،400 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭނެއެވެ. މީގެއިތުރުން އިތުރުގަޑީގެ ފައިސާއާއި، މެޑިކަލް އިންޝުއަރެންސް، ޕެންޝަން ސްކީމްގެ ޚިދުމަތްތައް ލިބޭނެއެވެ. އަދި ކެއުމާއި ހުރުމުގެ އިންތިޒާމުވެސް ކުންފުނީގެ ފަރާތުން ހަމަޖައްސައިދޭނެއެވެ.
މި ވަޒީފާތަކަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކަށް އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް މި މަހުގެ 22 ވަނަ ދުވަހުގެ ރޭ 23:59 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މި ލިއުމާއި ގުޅޭ