Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

އަޒަރުބައިޖާނުގެ ސަފީރަކަށް އަބްދުއްރަހީމް އަބްދުއްލަތީފްގެ ނަން

ރާއްޖެއިން އަޒަރުބައިޖާނަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުންގެ ގޮތުގައި ގ. ކަނޑުތޮޅިއާގެ، ލެފްޓަނެންޓް ޖެނެރަލް ރިޓަޔާޑް އަބްދުއްރަހީމް އަބްދުއްލަތީފް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައިފިއެވެ.

ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) އާއި، ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނުގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ރިޕަބްލިކް އޮފް އަޒަރބައިޖާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރު ހަމަޖެއްސެވުމަށް ޓަކައި ރައީސް ވަނީ މިއަދު މަޖިލީހަށް ނަން ފޮނުއްވާފައެވެ. އަބްދުއްރަހީމް އަބްދުއްލަތީފް އަކީ ތުރުކީއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނެވާ ސަފީރެވެ.

މިއަދުގެ ޖަލްސާގައި މި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ރިޓަޔާޑް އަބްދުއްރަހީމް އަބްދުއްލަތީފް ވަނީ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ކުރިން މަސައްކަތް ކުރައްވާފައެވެ.

މި ލިއުމާއި ގުޅޭ