Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޓީސީސީ

ޢީދު ހަވީރުގައި އެމްޓީސީސީގެ ސްޓޯލުން ހާއްސަ ހަރަކާތްތަކެއް

ފިޠުރު ޢީދު ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ސަރުކާރުން އިންތިޒާމްކޮށްގެން ބާއްވާ "ޢީދު ހަވީރު"ގައި އެމްޓީސީސީއިން "އެމްޓީސީސީ އީދު ކޯޑީ" ގެ ނަމުގައި ހާއްސަ ސްޓޯލެއް ބަހައްޓައި، ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޓީސީސީން ބުނިގޮތުގައި މި ސްޓޯލަކީ ދިވެހި ސަގާފީ ތީމަކަށް ފަރުމާކުރެވިފައިވާ، އެވޭލާ ޒަމާނުއްސުރެ ދިވެހިން ޢީދު ފާހަގަކުރުމަށް ކުރަމުން އައި ބައެއް ކަންކަމުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ސްޓޯލެކެވެ. މި ސްޓޯލުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ކޯޑި، ބޮޑުމަސް އަދި ކުޑަކުދިންނަށް ފަނުން ކުޅޭ އެއްޗެހި ވިޔަން ދަސްކޮށްދިނުން ހިމެނޭހެން ޖުމުލަ ފަސް ހަކަރާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީގެ ސްޓޯލުގެ އެންމެ ހާއްސަ ހަރަކާތުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޖުމްހޫރީ ފައުންޓެއިން ކައިރީގައި ކުޑަކުދިންނަށް އަރާފޭބޭ ކަހަލަ "ވޯޓަރ ސްލައިޑެއް" ބެހެއްޓުމެވެ. މި ސްލައިޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެ ޖިންސަށް ވަކިން ބޭނުންކުރެވޭ ގޮތަށް "ޗޭންޖިން ރޫމް" އެއްވެސް ގާއިމްކޮށްފައި ހުންނާނެކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

އެމްޓީސީސީ ބުނިގޮތުގައި ޢީދު ހަވީރުގައި އެމްޓީސީސީގެ ސްޓޯލުގެ އެންމެހައި ހަރަކާތްތަކުގައި ހަރަކާތްތެރިވާނީ ކުންފުނީގެ މުވައްޒަފުންނެވެ. މި ހަވީރު އޮންނާނީ ފިޠުރު ޢީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ޖުމްހޫރީ މައިދާނުގައެވެ. އެމްޓީސީސީގެ ސްޓޯލް ބަހައްޓާފައި ހުންނާނީ އިއްޒުއްދީން ފާލަމާއި އެމްއެމްއޭ އާ ދެމެދު އޮންނަ ސަރަހައްދުގައެވެ.

މި ލިއުމާއި ގުޅޭ