Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ސިނގިރޭޓު އެތެރެކުރުމުގެ މައްސަލައިގައި ފުލުސް އޮފިސަރަކު ސަސްޕެންޑުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތެރެއިން ޑަސްބިން ކޮތަޅުތަކަކަށް އަޅާފައިހުރި ޑިއުޓީ ފްރީ ސިނގިރޭޓު ކާޓަން ތަކަކާއެކު ހައްޔަރު ކުރި ދެ މީހުންގެ ތެރޭގައި ހިމެނޭ ފުލުސް އޮފިސަރަކު ފުލުހުންގެ ވަޒީފާއިން ސަސްޕެންޑުކޮށްފިއެވެ.

ފުލުހުން ހާމަކުރިގޮތުގައި ސިނގިރޭޓު ކާޓަންތަކެއް ގަވާއިދާ ޚިލާފަށް އެތެރެކުރުމުގެ މައްސަލައިގައި ހައްޔަރުކުރެވުނު ފުލުސް އޮފިސަރަކީ ސާޖަންޓް ޔޫސުފް ނަޒީރެވެ.

އެ އިދާރާއިން ބުނީ އިއްޔެއިން ފެށިގެން މުސާރަ ނުލިބޭގޮތަށް ނަޒީރު ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާކަމަށެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި މި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 6:20 ހާއިރު ވެލާނާ އެއާޕޯޓުގެ ޑިޕާޗާ ހޯލުން ހުއްދަނެތި ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރޭޓު ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރި މައްސަލައެއް ކަސްޓަމްސް އިން ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށާއި، އެ މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާއެކު ދެ މީހުން ވެސް ދޫކޮށްލާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ސިލްވާ ނެސްޓް، އަހުމަދު އަފްސަލް (45އ) އަދި ދަފްތަރު ނަންބަރު ރސ 14358، ޔޫސުފް ނަޒީރު (38އ) އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

އަލަށް އަމަލުކުރަން ފަށާފައިވާ ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނުތަކާއެކު ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކޮށްފައިވާއިރު، ސިނގިރޭޓުން ނަގާ ޓެކުސް ވަނީ ބޮޑުކޮށްފައެވެ. ސިނގިރޭޓުގެ އަގު އުފުލުނު ފަހުން، މިގޮތަށް ވަގަށް ސިނގިރޭޓު އެތެރެކޮށް ވިއްކުމަށް މީހުން މަސައްކަތް ކުރެއެވެ.
މި ލިއުމާއި ގުޅޭ