ފުލުހުން މިއަދު ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި، މުޙައްމަދު އުނައިސް އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަޙުޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން އިއުލާނުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަޙުޤީޤަށް ސުވާލުކުރުމަށްޓަކައި 2025 އޭޕްރީލް 29 ވަނަ ދުވަހުގެ 14:00 އަށް ތިނަދޫ ސިޓީ ޕޮލިސް ސްޓޭޝަނަށް މުޙައްމަދު އުނައިސް ހާޒިރުވުމަށް އަންގާފައިވެއެވެ.
ފުލުހުން މިގޮތަށް ހާޒިރުވުމަށް އަންގާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުނުވެއްޖެނަމަ ޤާނޫނީ ފިޔަވަޅު އެޅޭނެކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.