Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

މަސްތުވާތީގެ މައްސަލަތަކެއްގައި ތިން މީހަކު ހައްޔަރަށް

ހުޅުމާލެއިން މަސްތުވާތަކެއްޗާއި ބަނގުރަލުގެ ތިން މައްސަލައެއްގައި ތިން މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މިގޮތުން ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ ޅ. ހިންނަވަރު، އާވާޒް، އަހުމަދު ގާސިމް (42އ) އާއި ގދ. ގައްދޫ، ރަޖީނާގެ، އިބްރާހީމް ނިޔާޒު (36އ) އާއި ހއ. މާރަންދޫ، ސަނީބީމް، އަމްރު ޖަލީލް (20އ) އެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އަހުމަދު ގާސިމް ހައްޔަރުކޮށްފައިވަނީ އެޕްރީލް 21 ވަނަ ދުވަހުގެ ހަވީރު ހުޅުމާލޭ ފޭސް 1 ހިރުނދުމަގުން އޭނާ ފެނުމުން، އޭނާގެ އަމަލުތައް ހުރިގޮތުން ބަލައިފާސްކުރުމަށްފަހުއެވެ. އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި ރަބަރު ޕެކެޓެއްގެ އިތުރުން ދެ ސެލޯފިންކޮޅު ފެނިފައިވެއެވެ.
އަމްރު ޖަލީލް ހައްޔަރުކުރެވުނީ ރޭ ދަންވަރު ފޭސް 1 ގައި ފުލުހުން ޕެޓްރޯލުކުރަމުން ދަނިކޮށް، ރުއްގަނޑު 2 ސަރަހައްދުން އޭނާ ދުއްވި ސައިކަލު ކަހާލައިގެން ވެއްޓުމާ ގުޅިގެންނެވެ. ފުލުހުން ފެނުމުން އޭނާ ފިލަން މަސައްކަތްކުރި ނަމަވެސް، 119 ނަންބަރު ފްލެޓް ކައިރިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު 48 ދަޅު ބަނގުރާ ފެނިފައިވެއެވެ.
އިބްރާހީމް ނިޔާޒު ހައްޔަރުކުރެވުނީ ރޭ ދަންވަރު ހުޅުމާލޭ ފޭސް 2 ގައި ހިޔާ ޓަވަރު 16 ކައިރިންނެވެ. އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 67 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއްވާފައެވެ.

މި މައްސަލަތަކާ ގުޅިގެން ހައްޔަރުކުރެވުނު ތިން މީހުންގެ މައްސަލަ މިހާރު ދަނީ ފުލުހުން ތަހުގީގުކުރަމުންނެވެ.

މި ލިއުމާއި ގުޅޭ